Advertisement
ކ. މާލެ
|
19 މެއި 2019 | އާދީއްތަ 15:09
ސިވިލް ކޯޓު
ސިވިލް ކޯޓު
މުހައްމަދު ޝަރުހާން
ސިވިލް ކޯޓު
ސިސިލްފަރު މައްސަލައިގެ އަޑުއެހުންތައް ފަށައި، ލިޔެކިޔުންތައް ބަދަލުކޮށްފި
ސިސިލްފަރުގެ ތަޖުރިބާއަށް އިސްލާމިކް މިނިސްޓްރީން ދީފައި ވަނީ 0.7 ޕަސެންޓް

މި އަހަރު ހައްޖަށް މީހުން ގެންދާ ކުންފުނިތައް އިސްލާމިކް މިނިސްޓްރީން ކަނޑައެޅި ގޮތް ބާތިލު ކުރަން ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް އާދީއްތަ ދުވަހު ފަށައި އެމައްސަލައިގެ ލިޔެކިޔުންތައް ބަދަލު ކޮށްފިއެވެ.

އެމައްސަލަ ޝަރީއަތާއި ހަމައަށް ދިޔައީ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދެފަރާތައް ހައްލެއް ނުލިބުމުންނެވެ.

ސިސިލްފަރުން ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލާގައި ބުނެފައި ވަނީ ކުންފުނީގެ ތަޖުރިބާއަށް ބަލައި ފަސް ޕަސެންޓް ދޭނެ ކަމަށް ބުނެފައިވާ ކަމަށާއި އެކުންފުންޏަކީ 35 އަހަރު ހައްޖާޖީންގެ ހިދުމަތުގައި އުޅެފައިވާ ގްރޫޕެއް ކަމަށެވެ. ނަމަވެސް ސިސިލްފަރުގެ ތަޖުރިބާއަށް އިސްލާމިކް މިނިސްޓްރީން ދީފައި ވަނީ 0.7 ޕަސެންޓް ކަމަށް އެ ކުންފުނިން ކޯޓަށް ހުށައެޅި މައްސަލާގައި ވަނީ ބުނެފައެވެ.

Advertisement

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝާފިއު އަލީ ވިދާޅުވީ ސިސިލްފަރުން މައްސަލަ ހުށައެޅިއިރު ހައްޖަށް މީހުން ގެންދިއުމަށް ޕޮއިންޓް ދިން އުސޫލު އާންމުކޮށްފައިވާ ކަމަށާއި އެތަފްސީލުތައް ކުންފުނިތަކަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި ނޫސްވެރިން މެދުވެރިކޮށް ޕޮއިންޓްދިން އުސޫލު އާންމު ކޮށްފައިވާނެ ކަމަށާއި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަމެއް އޮތްނަމަ ކުންފުނިތަކުން އެދުމުން އެކަން ކުންފުނިތަކަށް އެމިނިސްޓްރީން ބުނެދޭނެ ކަމަށް ވިދާޅުވިއެވެ.

ޝާފިއު ވިދާޅުވީ އެމިނިސްޓްރީން ބަލާފައި ވާނީ ކުންފުނީގެ ތަޖުރިބާއަށް ނޫން ކަމަށާއި ކުންފުނިން ތަޖުރިބާގެ ގޮތުގައި ހުށައެޅި މީހުންގެ ތަޖުރިބާއަށް ކަމަށެވެ. އެގޮތުން ތަޖުރިބާގެ ގޮތުގައި މާކްސް ދީފައި ވަނީ ފަސް ކެޓަގަރީއަކަށް ބަހައިގެން ކަމަށް ޝާފިއު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ހައްޖަށް ގެންދާ ކުންފުނިތައް ކަނޑައަޅައި އެކުންފުނިތަކާއި އެކު ސޮއި ވެސް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް