ކ. މާލެ
|
19 މެއި 2019 | އާދީއްތަ 14:43
އާނޯލްޑް ޝްވާޒިނޭގަރ
އާނޯލްޑް ޝްވާޒިނޭގަރ
އޭއެފްޕީ
އާނޯލްޑް ޝްވާޒިނޭގަރ
އާނޯލްޑް ޝްވާޒިނޭގަރއަށް ހަމަލާއެއް ދީފި!
މި ހަމަލާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުން

ހޮލީވުޑްގެ މަޝްހޫރު ތަރި، އަދި ކެލިފޯނިއާގެ ކުރީގެ ގަވަރުނަރު އާނޯލްޑް ޝްވާޒިނޭގަރ ދެކުނު އެފްރިކާގައި ކުރިއަށް ދިޔަ އިވެންޓެއްގައި ހުއްޓާ އޭނާއަށް ހަމަލާއެއް ދީފިއެވެ.

ޖޮހޭނަސްބަރގްގައި ހޮނިހިރު ދުވަހު ކުރިއަށް ދިޔަ'އާނޯލްޑް ކްލެސިކް އެފްރިކާ' ކިޔާ ކުޅިވަރު އިވެންޓެއްގައި އޭނާ ފޭނުންނާ މުއާމަލާތް ކުރަން ހުއްޓާ ފަހަތުން ގޮސް މީހަކު ވަނީ ފުންމާފައި އޭނާގެ ބުރަކަށީގައި ކޮޅުފައިން ޖަހާފައެވެ. ވަގުތުން އާނޯލްޑްގެ ސެކިއުރިޓީން ވަނީ ހަމަލާ ދިން މީހާ ހިފަހައްޓާފައި ދުރަށް ގެންގޮސްފައެވެ. އެއަށްފަހު އޭނާ ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

ހަމަލާއަށް ފަހު އާނޯލްޑް، 71، ވަނީ ކަންބޮޑުވުން ފާޅު ކުރި ފޭނުންނަށް ޓްވިޓަރ މެދުވެރިކޮށް ޝުކުރު އަދާކޮށްފައެވެ. ނަމަވެސް، "ހާސްވާން ޖެހޭ ކަމެއް ނެތްކަމަށް" އޭނާ ބުންޏެވެ.

އަހަރެން ހީކުރީ ފަހަތުން އައިސް މީހެއް ކޮށްޕާލީކަމަށް. މީހަކު ކޮޅުފައިން ޖެހީކަން އެނގުނީ ވީޑިއޯ ފެނުނީމަ،

މި ހަމަލާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުން ނެވެ.

މީގެ އިތުރުން، އެ "ހަމަލާ"އަށް ނުވިސްނާ 'އާނޯލްޑް ކްލެސިކް އެފްރިކާ'ގައި ބައިވެރިވާ އެތުލީޓުންނަށް ފޯކަސް ކުރުމަށް އާނޯލްޑް ގޮވާލިއެވެ. އަދި މި އަހަރުގެ އިވެންޓްގައި އެކު އުމުރު ފުރައުގެ 24،000އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވާކަމަށް އޭނާ ބުންޏެވެ.

'އާނޯލްޑް ކްލެސިކް އެފްރިކާ' އަކީ ކޮންމެ އަހަރެއްގެ މޭ މަހު ކުރިއަށްދާ އިވެންޓެކެވެ.

- ކޮމެންޓް