Advertisement
ކ. މާލެ
|
19 މެއި 2019 | އާދީއްތަ 16:39
ޖީސީސީ އާއި އަރަބް ލީގުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލެއްވީ ސައުދީ ރަސްގެފާނު ސަމްލާން ބިން އަބްދުލް އަޒީޒް
ޖީސީސީ އާއި އަރަބް ލީގުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލެއްވީ ސައުދީ ރަސްގެފާނު ސަމްލާން ބިން އަބްދުލް އަޒީޒް
އޭއެފްޕީ
އީރާން-އެމެރިކާ
ސައުދީ އަރަބިއާ އިން ޖީސީސީ އާއި އަރަބް ލީގުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލައިފި
ބައްދަލުވުން ތާވަލުކޮށްފައިވަނީ މެއި މަހުގެ 30 އަށް

ގަލްފް ސަރަހައްދުގައި އުފެދެމުންދާ ނުތަނަވަސްކަމާ މެދެ މަޝްވަރާކުރުމަށް ގަލްފް ކޯޕަރޭޝަން ކައުންސިލާއި އަރަބް ލީގުގެ ބައްދަލުވުމެއް ބޭއްވުމަށް ސައުދީ އަރަބިއާ އިން ގޮވާލައިފި ކަމަށް ސައުދީގެ ރަސްމީ ނޫސްއޭޖެންސީން ހޮނިހިރުދުވަހު ބުނެފިއެވެ.

ސައުދީ ޕްރެސް އޭޖެންސީން (އެސްޕީއޭ) އިން ބުނީ އަރަބި ދައުލަތްތަކާއި ގަލްފުގެ ވެރިންނަށް ރަސްގެފާނު ސަލްމާން ދައުވަތު ދެއްވާފައިވާ ކަމަށެވެ.

ދެކޮޅުވެރިކަން އިފެދުނު ގޮތާއި އެހެން ދިމާންވާންވި ސަބަބާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭ މި ބައްދަލުވުން ބޭއްވުމަށް ހަމަޖައްސާފައި ވަނީ މެއި މަހުގެ 30 ވަނަ ދުވަހު މައްކާގައެވެ.

ގަލްފުގައި ނުތަނަވަސްކަން އުފެދުނީ އީރާނުން ނުރައްކާލެއް ކުރިމަތިވެދާނެކަމުގެ ބިރުތަކެއް އޮތް ކަމަށް ބުނެ އެމެރިކާ އިން އެ ސަރަހައްދަށް މަތިންދާ ބޯޓް އުފުލާ މަނަވަރާއި ބޮންއަޅާނެ ބޯޓް ފޮނުވުމުންނެވެ.

ސައުދީ ފޮރިން މިނިސްޓަރ އާދިލް އަލް ޖުބެއިރު ވިދާޅުވީ އެ ގައުމުން އީރާނާ އެކު ހަނގުރާމައެއް ކުރަން ބޭނުން ނުވާ ކަމަށާއި ނަމަވެސް އެ ގައުމު އޮންނާނީ އެ ގައުމުގެ މަސްލަހަތު ދިފާއުކުރުމަށް ތައްޔާރަށް ކަމަށެވެ.

Advertisement

"ރިޔާޛުން ހަނގުރާމައެއް ބޭނުމެއް ނޫން، އެކަމަކަށް ބަލަމަކުން ނުދަން އަދި އެކަން ނުހިނގުމަށް ކުރެވެން ހުރި ކަމެއް ކުރާނަން"

ޔުނައިޓެޑް އަރަބް އެމިރޭޓްސްއިންވަނީ ސައުދީ އރަބިއާގެ ދައުވަތަށް މަރުހަބާކިޔާފައެވެ.

ނައިޓެޑް އަރަބް އެމިރޭޓްސްގެ ފުޖެއިރާ ކައިރިން މިދިޔަ އާދީއްތަ ދުވަހުވަނީ ސައުދީގެ ދެ ތެޔޮބޯޓެއް ހިމެނޭ ގޮތުން ހަތަރު ބޯޓަކަށް އެ ބޯޓުތަކުގައި ޖައްސައި ގެއްލުން ދީފައެވެ.

އެ ހާދިސާ އަށް ފަހު ޔަމަނުގެ ހޫޘީން ވަނީ ސައުދީގެ މައި ތެޔޮ ހޮޅިއަށް އަމާޒުކޮށް ޑްރޯން ހަމަލާތައް ފޮނުވާލާފައެވެ. އެ ހޮޅިއަކީ އީރާނުން ހޮރުމޫޒު ކަނޑުއޮޅި ބަންދުކޮށްފި ހާލަތެއްގައި ބަދަލުގައި ބޭނުންކުރާ މަގެވެ.

އެމެރކާއިން ހަނގުރާމައަކަށް ގޮސްފި ނަމަ އެތަން ބަންދުކުރާނެ ކަމަށް އީރާނުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް