Advertisement
ކ. މާލެ
|
19 މެއި 2019 | އާދީއްތަ 13:53
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
މަޖިލިސް
މަޖިލިސް ރައީސް
ރައީސް ސޯލިހުގެ ތާއީދު އަޅުގަނޑަށް އެބައޮތް: އަސްލަމް
ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ ތާޢީދް އޮތް ކަމަށް ވިދާޅުވި
މަޖިލިސްގެ ރައީސް ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ފަސް ފަރާތަކުން

މަޖިލީހުގެ ރައީސް ކަމަށް ވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރިހަމަ ތާއީދު އޭނާއަށް އެބައޮތް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް ކަމަށް ގެންނެވުމަށް ރައީސް ސޯލިހް ތާއިދު ކުރައްވާ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފަށް ކަމަށް އަޑުފެތުރިފައިވާއިރު، އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމުގެ ރޭހުގައި އޭނާގެ ނަން އޮވެއްޖެނަމަ، ރައީސް ސޯލިހު އިތުރު ފަރާތަކަށް ތާއީދުނުކުރައްވާނެ ކަމަށާއި، އެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްކަން ލީޑަރުކަށް މިހާރު ވެސް ހުންނެވި އަސްލަމް ވިދާޅުވީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ ތާއީދްވެސް އޭނާއަށް އެބައޮތް ކަމަށެވެ.

Advertisement

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އެމްޑީޕީގެ ފަސް މެމްބަރުން ވާދަ ކުރައްވާނެ ކަން އެ ބޭފުޅުން އަމިއްލަފުޅަށް ހާމަކުރައްވާފައިވާއިރު، އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ މަޖިލިސް ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަގުތު އޮއްވައި ޕާޓީން ހުޅުވާލާނެ ކަމަށެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ކަމަށް ހޮވާނެ ބޭފުޅަކު ކަނޑައެޅުމަށްޓަކައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ވޯޓެއް ނަގާނެ އެވެ.

މަޖިލިސްގެ ރައީސް ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ފަސް ފަރާތަކުންނެވެ. އެއީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ވިލުފުށި ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން އަފީފް، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް