Advertisement
ކ. މާލެ
|
19 މެއި 2019 | އާދީއްތަ 12:54
\" އާލަމް\" ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން
" އާލަމް" ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
ރޯދަ ޚަބަރު
ބައިސްކޯފުން އާ މަދަހަ އަލްބަމެއް ނެރެފި
ބައިސްކޯފުން އަލަށް ނެރުނީ އާލަމް ކިޔާ މަދަހަ އަލްބަމެއް

ދިވެހި ފަންނުވެރިންގެ ފަންނުތައް ފެންނަ ޕްލެޓްފޯމް،ބައިސްކޯފުންއާ މަދަހަ އަލްބަމެއް ނެރެފިއެވެ.

Advertisement

މަޝްހޫރު ލަވަކިޔުންތެރިޔާ އީސާ ޝަރީފާއި ގުޅިގެން ބައިސްކޯފުން އުފެއްދި "އާލަމް" އޯޑިއޯ އަލްބަމްގައި އަށް މަދަހައެވެ. ދިހަ ދުވަހުގެ ތެރޭގައި އެއްކޮށް މަސައްކަތް ނިންމާލި މި އަލްބަމުގައި މަދަހަތައް ހަދާފައިވަނީ އީސާ ޝަރީފާއި އާދަމް ނަސީރު އިބްރާހިމާއި އިއްޒަ އަހުމަދު ނިޒާރެވެ. މަދަހަތައް ކިޔާފައިވަނީ ރާފިޔަތު ރަމީޒާއާއި މުމްތާޒާއި ފާތިމަތު ރައޫފާއި މަރިޔަމް އަޝްފާއާއި އައިމިނަތު ސައިނާ އަދި ހާމިދު ނިޝާންއެވެ.

ބައިސްކޯފުގައި ހިމެނެނީ ސަތޭކަ ޕަސެންޓް ދިވެހި އުފެއްދުންތަކެވެ. އޭގައި ދިވެހި ފިލްމުތަކާއި ޑްރާމާތަކާއި ލަވައާއި ޑޮކިއުމެންޓްރީތައް ހިމެނެއެވެ.

ދިރާގު ކަސްޓަމަރުންނަށް ބައިސްކޯފުގެ ކޮންޓެންޓް 69ރ. ދައްކައިގެންނެވެ.އެހެން ކަސްޓަމަރުންނަށް ބައިސްކޯފްގެ ސަބްސްކްރިޕްޝަނަކީ 92ރ. އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް