Advertisement
ކ. މާލެ
|
19 މެއި 2019 | އާދީއްތަ 10:10
ކެޕްޓަން ނަސީމް
ކެޕްޓަން ނަސީމް
އޭދަފުށި ޓައިމްސް
ކެޕްޓަން ނަސީމް
ކޮޅުވެއްޓިއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
އޭނާ މަރުވެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ ރޭ ފަތިހު 3.24 ގައި ކަމަށް
އޭނާ މަރުވެފައިވަނީ ގުދުރަތީ މަރަކުން ކަމަށް

ލ. މާވަށުގައި ބަނދަރުކޮށްގައި އޮތް ކޮޅުވެއްޓިއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި ކޮޅުވެއްޓީގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 59 އަހަރުގެ މީހެކެވެ. ނަމަވެސް އެއީ ކާކު ކަމެއް ހާމައެއް ނުކުރެ އެވެ.

ރާއްޖެ އެމްވީއަށް ކަށަވަރުވެފައިވާ ގޮތުގައި ނިޔާވެފައި ވަނީ އޭދަފުށީ ގުލިސްތާނުގޭ އަހްމަދު ނަސީމުއެވެ. އޭނާއަކީ އޭޑީކޭ ކޮމްޕެނީގެ އެ ކޮޅުވެއްޓީގެ ކެޕްޓަން އެވެ.

Advertisement

"އުއްލާން" ކިޔާ އެ ކޮޅުވެއްޓި މާވަށު ބޭރުގައި ބަނދަރުކުރީ، ގއ. އަތޮޅުގައި ތަރައްގީކުރާ ރިސޯޓަކަށް މުދާ ހުސްކުރުމަށް ފަހު އެނބުރި ތިލަފުއްޓަށް ދިއުމުގެ މަގުމަތީގަ އެވެ. އެ ކޮޅުވެއްޓި މާވަށުގައި ބަނދަރުކުރީ ހޮނިހިރު ދުވަހުގެ ރޭ 9:30 ހާއިރު ކަމަށް، އޭގެ ކްރޫއެއްގެ ގޮތުގައި މަސައްކަތްކުރާ މާވަށަށް ނިސްބަތްވާ އަހްމަދު ރަޝީދު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އަހްމަދު ނަސީމް ނިދަން ދިޔައީ 11:00 ހާއިރު ކަމަށާއި އާދަޔާ ޚިލާފު އެއްވެސް ކަމެއް ނުފެންނަ ކަމަށެވެ.

ނިދަން ދަމުން ކެޕްޓަން ބުނި މެންދަމު 3:00 ގައި ފުރަން ވާނެ ކަމަށް. އެހެންވެ އަޅުގަނޑު ޑިއުޓީގައި ހުރެފައި ދިޔައީ ގޮވަން އެހާކަންހާއިރު. ޚަބަރެއް ނުވެގެން ދޮރު ހުޅުވާފައި ބެލިއިރު އޮތީ ނިޔާވެފައި. ދެން ރަށުގައި ތިބި ޕޮލިހުންނަށް ގުޅޭ

ނަސީމްގެ ހަށިގަނޑު މާލެ ގެންދިއުމަށް ކައްދޫ އެއާޕޯޓަށް މިހާރު ވަނީ ގެންގޮސްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް