Advertisement
ކ. މާލެ
|
19 މެއި 2019 | އާދީއްތަ 09:33
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު
ރާއްޖެއެމްވީ
ވެމްކޯ
ރަމަޟާން މަހު މާލޭގައި ދުވާލަކު 140 ޓަނުގެ ކުނި އުފެދޭ: ވެމްކޯ
މާލޭގެ 10،000 ގޭބިސީ އިން ވެމްކޯ ގައި ރަޖިސްޓްރީ ކޮށްފައިނުވާ ކަމަށް އެޑަމް ވިދާޅުވި
ގޭބިސީ ތަކުން 25 މިލިއަނެއްހާ ރުފިޔާ ވެމްކޯއަށް ނުދައްކާ އެބަ ހުރި

ރަމަޝާން މަހު މާލޭގެ ގޭބިސީތަކުން އުކާލަން ޖެހޭ ކުނީގެ މިންވަރު ދެ ގުނަ އިތުރުވެފައިވާ ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި އާދަމް މުހައްމަދު ވިދާޅުވީ، އާއްމު ގޮތެއްގައި ރޯދަ މަހުގެ ކުރިން މާލޭގެ ގޭބީސީތަކުން ނަގަނީ 70 ވަރަކަށް ޓަނުގެ ކުނި ކަމަށެވެ. އެހެން ނަމަވެސް ރޯދަ މަހުގެ ހަތަރު ވަނަ ދުވަހު 140 ޓަނު އަދި ފަސް ވަނަ ދުވަހު 145 ޓަނުގެ ކުނި ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

މާލޭގެ ގެބީސީތަކުގެ ތެރެއިން 10،000 ގޭބިސީއެއް ވެމްކޯގައި ރަޖިސްޓްރީ ކޮށްފައި ނުވާ ކަމަށާއި، އަދި ރަޖިސްޓްރީކޮށް ޚިދުމަތް ހޯދަމުން ގެންދާ ގޭބިސީތަކުން އެ ކުންފުންޏަށް ޖުމުލަ 25 މިލިއަނެއްހާ ރުފިޔާ ނުދައްކައި އެބަ ހުރި ކަމަށް ވެސް އާދަމް ވިދާޅުވި އެވެ.

ރަޖިސްޓްރީ ކޮށްފައި ތިއްބެވި ބޭފުޅުންގެ ތެރެއިންވެސް ގާތްގަނޑަކަށް މިދިޔަ ހަފްތާގެ ހިސާބުތަކަށް އަޅުގަނޑު ބަލާލިއިރު މާލެ އޭރިޔާގައި އެބައުޅޭ 25 މިލިއަން އިނގޭތޯ، ގޭބިސީތަކުން އަޅުގަނޑުމެންނަށް ދައްކަން ޖެހޭ. ޚިދުމަތް ފެށުނު ފުރަތަަމަ ދުވަހުން ފެށިގެންވެސް ހަމަ ބަރާބަރަށް ވެމްކޯއިން ހިދުމަތް ބަލައިގަނެ އެކަމަކު އެ ބިލް ދައްކާލަން އަހައްމިއްޔަތުކަން ނުދެވި ގިނަ ރައްޔިތުންނަށް މިދަނީ

ވެމްކޯ އިން މާލޭގެ ގެތަކުގައި ކުނި އުކާލަދެނީ 100 އާއި 150 ރުފިޔާގެ އަށެވެ.

އާދަމް ވިދާޅުވީ ތިން އަހަރު ތެރޭގައި 25 މިލިއަން ނުލިބި އޮތުމަކީ އޭގެ ސަބަބުން ހިދުމަތް ދިނުމަށް ދަތިތަކެއް ދިމާވާ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވެމްކޯގެ ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށް ވެސް ހުރަސް އެޅޭކަން އޭނާ ވިދާޅުވި އެވެ.

ދަތިތައް ކުރިމަތިވި ނަމަވެސް ދެ އަހަރެއްހާ ދުވަސް ތެރޭގައި ވެމްކޯ ނަގާ ކޮޅަށް ޖެހޭނެ ކަމަށާއި، ރައްޔިތުން ބޭނުންވާ ފެންވަރުގައި ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

ކުރިން ވެމްކޯ މުވައްޒަފުން ވެސް ސިޔާސީ ކަންކަމުގައި ބޭނުން ކުރި ނަމަވެސް، އާދަމް ވިދާޅުވީ މިހާރު އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު ސިޔާސީ މަސައްކަތް ކަންކަމުގައި ބޭނުން ނުކުރާނެ ކަމަށެވެ. ކޮންމެ މުވައްޒަފަކަށް ވެސް އެ މުވައްޒަފެއްގެ ސިޔާސީ ފިކުރާއެކު ކުރިއަށް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
19 މެއި 2019 | އާދީއްތަ 11:34
ސާފު
ކޮންމެ މަހަކު ޤަވާޢިދުން ފައިސާ ދައްކާ ފަރާތްތަކަށް ޤަވާއިދުން ޚިދުމަތެއް ނުދެވޭ ކޮންމެ މަހަކު 3 ނުވަތަ 4 ދުވަސް ކުނިނަގަން ނާދޭ ގޭތެރޭ ކުނިވަސް ދުވާތީ ވެމްކޯއަށް ގުޅައިގެންވެސް ކުނިނަގަން ނާދޭ. މޮޅު ވާހަކަ ނުދައްކާ ތީ ޚިދުމްތް ދެވޭ ބައެއް ނޫން.