ކ. މާލެ
|
19 މެއި 2019 | އާދީއްތަ 08:51
އިންޑިއާއިން ރާއްޖެ ކަނޑައަޅުއްވާފައިވާ ސަފީރުއާ ރައީސް ސޯލިހު
އިންޑިއާއިން ރާއްޖެ ކަނޑައަޅުއްވާފައިވާ ސަފީރުއާ ރައީސް ސޯލިހު
ހިންދުސްތާނީ ޓައިމްސް
އިންޑިއާ - ރާއްޖެ
ރާއްޖޭގެ ކްރިކެޓް ހާލަތު ބެލުމަށް އިންޑިއާގެ ވަފުދެއް އަންނަނީ
ވަފުދުގައި އިންޑިއާ ކްރިކެޓް ބޯޑުގެ ޖީއެމްވެސް ހިމެނި ވަޑައިގަންނަވާ

ދިވެހިރާއްޖޭގެ ކްރިކެޓްގެ ހާލަތު ބަލައި ދިރާސާ ކުރުމަށް އިންޑިއާގެ ކްރިކެޓް ބޯޑްގެ ވަފުދެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުން މިހަފްތާގެ ފަހުކޮޅު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ, އިންޑިއާގެ ކްރިކެޓްގެ ބެލެނިވެރި ފަރާތް ކަމަށްވާ ބޯޑް އޮފް ކްރިކެޓް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި)ގެ ޖެނެރަލް މެނޭޖަރ (ކްރިކެޓް އޮޕަރޭޝަންސް) ސަބާ ކަރީމްގެ އިތުރުން އިންޑިއާގެ ގައުމީ ޓީމްގެ ފީލްޑިން ކޯޗް އަބޭ ޝަރްމާއެވެ.

ބީސީސީއައި އިން ވަނީ ސާކުގެ ގައުމުތައް ކަމަށްވާ ޢަފްއާނިސްތާނުގެ އިތުރުން ނޭޕަލަށްވެސް ކްރިކެޓްގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދީފައެވެ.

ބީސީސީއައިގެ އޮފިޝަލަކު އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، އިންޑިއާގެ ސަރުކާރުން ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށް އެހީތެރިވަން އެދުމުން އެކަމާއި އުފާކުރާ ކަމަށެވެ. އިންޑިއާގެ އޮފިޝަލުން ރާއްޖެއަށް ކުރާ ދަތުރުގައި ރާއްޖޭގައި ކްރިކެޓް އިތުރަށް ކުރިއަރުވައި ތަރައްގީ ކުރުމާއި ބެހޭ ގޮތުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއަން ޕްރިމިއާ ލީގުގެ މެޗެއް ބައްލަވަން ރައީސް ސޯލިހު އިންޑިއާގެ ބެންގަލޫރަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ މަޝްހޫރު ދެ ކުޅުން ތެރިން ކަމަށްވާ ވިރާޓް ކޯލިގެ އިތުރުން އެމްއެސް ދޯނީ ވަނީ އެ ދެ ކުޅުންތެރިންގެ ޖޯޒީ ރައީސް ސޯލިހަށް އަރުވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް