Advertisement
ކ. މާލެ
|
19 މެއި 2019 | އާދީއްތަ 00:07
އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު
އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު
ރާއްޖެއެމްވީ
އަހްމަދު އާމިރު
މަޖިލީހުގެ ނައިބު ރައީސް ކަމަށް އާމިރު ޝައުގުވެރިކަން ފާޅުކުރައްވައިފި
އަށާރަ ވަނަ މަޖިލީހުގައި ވެސް ނައިބް ރައީސް ކަމަށް އައުމުގެ ޝައުގުވެރިކަން ގެންގުޅެއްވި
އެމްޑީޕީގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި

މި މަހުގެ ފަހުކޮޅު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް އައުމުގެ ޝައުގުވެރިކަން، ކުޑަ ހުވަދޫ ދާއިރާއަށް އިންތިހާބު ވެވަޑައިގަތް އެމްޑީއޭގެ މެމްބަރު އަހްމަދު އާމިރު ފާޅުކުރައްވައިފިއެވެ.

މިހާތަނަށް މަޖިލީހުގެ ނައިބު ރައީސް ކަމަށް އައުމުގެ ޝައުގުވެރިކަން އެއްވެސް ބޭފުޅަކު ފާޅުކުރައްވާފައެއް ނުވެއެވެ. އެކަމަކު އެ މަގާމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެންނަން ތާއިދު ކުރައްވާ ކަމަށް އައްޑޫ ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވެއެވެ.

ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން އާމިރު ވިދާޅުވީ، ނިމިގެން ދިޔަ 18 ވަނަ މަޖިލީހުގައި ވެސް ނައިބު ރައީސް ކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށެވެ. އެހެން ނަމަވެސް އޭރު އެމްޑީއޭ ޕީޕީއެމްގެ ބޮޑު މެޖޯރިޓީއެއް އޮވެ އެކަން ނުކުރެވުނީ ޕީޕީއެމް ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ކަމަށާއި، ނަން އަނބުރާ ގެންދަވަން ޖެހިވަޑައިގަތް ކަމަށެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރުކަމުގެ ދެ ދައުރު ފުރުއްވާ ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތް އާމިރު ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސް ކަމަށް އައުމަށްޓަކައި އެމްޑީޕީގެ ތާއިދު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އަޅުގަނޑު ވަރަށް އުއްމީދު ކުރަން. އެހެން މި ދެންނެވި ކަމަކީ ރައްޔިތުންގެ މަޖިލީހަށް މެމްބަރަކު ހޮވުމަށްފަހު ކޮންމެ ސިޔާސީ ފިކުރެއްގެ ތެރެއިން އައި ކަމަކު އަޅުގަނޑު ގަބޫލުކުރާ ހިތް އޮތީ ކޮންމެ މެމްބަރަކުވެސް އެންމެ އިސްކަން ދޭނީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާގެ ރޫހާ އެއްގޮތްވާ ގޮތުގެ މަތީން ރޫހަ އެއްގޮތްވާ ގޮތުގެ މަތިން ދާއިރާތައް ތަމްސީލު ކުރުން

ހުރިހާ ޕާޓީއެއްގެ ފަރާތުން ވެސް އެއްބާރުލުން ލިބޭނެ ކަމަށް ގަބޫލްފުޅު ކުރައްވާ ކަމަށް އާމިރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރެއްވި އާމިރު ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސް ކަމަށް އައުމުގެ ޝައުގުވެރިކަން އެމްޑީޕީގެ އިތުރުން ޕީޕީއެމްގެ މެމްބަރުންނާ ވެސް މިހާރު ހިއްސާ ކުރާއްވާފައިވާ ކަމަށެވެ.

މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަންނަވާނެ ބޭފުޅަކާ ބެހޭ ގޮތުން ސުޕަ މެޖޯރިޓީ ހޯދާފައިވާ އެމްޑީޕީގެ ތެރޭގައި ބަހުސްތަކެއް ކުރެވެމުންދާއިރު ، އާމިރުގެ ނަޒަރުގައި ރައީސް ކަމަށް އެންމެ ގާބިލު ބޭފުޅަކަށް ވާން ވާނީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާގެ ރޫހާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލުކުރަންވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުނގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެމްބަރަކު އެމީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހްމެ މިހެއްގެ ނުވަތަ އެމީހާކަ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ މަސްލަހަތެއް ކުރިއެރުވުމަށް މާގާމު ބޭނުންކޮށްގެނެއް ނުވާނެއެވެ.

އަދި ވިދާޅުވީ، އެބޭފުޅަކީ އެކަމަށް ކުފޫހަމަވާ ބޭފުޅެއް ނަމަ އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އާމިރު ނައިބު ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާއިރު އެ މަގާމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަށް އެމްޑީޕީގެ ގިނަ މެންބަރުން ގެންދަވަނީ ތާއީދުކުރައްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް