ކ. މާލެ
|
19 މެއި 2019 | އާދީއްތަ 00:10
\"ދޭ ދޭ ޕްޔާރު ދޭ\" ގެ ޕޯސްޓަރު
"ދޭ ދޭ ޕްޔާރު ދޭ" ގެ ޕޯސްޓަރު
އެންޑީޓީވީ
ބޮލީވުޑް
"ދޭ ދޭ ޕްޔާރު ދޭ" ގެ ފެށުން ރަނގަޅެއް ނޫން!
ފިލްމް ރިލީޒް ކުރި ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 10.41 ކްރޯޑް ރުޕީސް

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ފިލްމް "ދޭ ދޭ ޕްޔާރު ދޭ" އަށް ފިލްމް ރިލީޒް ކުރި ދުވަހު ބޮކްސް އޮފީހުގައި ލިބުނު އާމްދަނީ އޭހާ ރަނގަޅު ނޫން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އަޖޭ ދޭވްގަން، ތައްބޫ އަދި ރަކުލް ޕްރީތް ސިންގް ލީޑް ރޯލުން ފެނިގެންދާ މި ފިލްމް ރިލީޒް ކުރި ދުވަހު ބޮކްސް އޮފީހުގައި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 10.41 ކްރޯޑް ރުޕީސް އެވެ.

މި ފިލްމްވެގެން ގޮސްފައި ވަނީ ފަހަކަށް އައިސް އަޖޭ ކުޅުނު ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރި ދުވަހު އެންމެ ކުޑަ އާމްދަނީއެއް ލިބުނު އެއް ފިލްމަށެވެ.

އަޖޭގެ އެންމެ ފަހުން ރިލީޒް ކުރި ފިލްމް "ޓޯޓަލް ދަމާލް" އަށް ފިލްމް ރިލީޒް ކުރި ދުވަހު އާމްދަނީގެ ގޮތުގައި 16.50 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ. އަދި ފިލްމް ވަނީ ނުވަ ދުވަހުގެ ތެރޭގައި 100 ކްރޯޑް ކުލަބަށް ވަދެފައެވެ.

މި ފިލްމްގައި އަޖޭ ފެނިގެން ދަނީ (50 އަހަރުގެ) ދެ ކުދިންގެ ބައްޕަ ޒުވާން ކުއްޖަކާ ރައްޓެހިގެން އުޅޭ މަންޒަރެވެ.

އުމުރުން 24 އަހަރު ރަކުލް ފެނިގެން ދަނީ އަޖޭގެ ލޯބިވެރިޔާގެ ރޯލުންނެވެ. އަދި ތައްބޫ ފެނިގެން ދަނީ އަޖޭގެ ކުރީގެ އަނބިމީހާގެ ރޯލުންނެވެ.

- ކޮމެންޓް