ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 19:21
ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕަށް
ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕަށް
ގޫގުލް
ޓީސީ ސްޕޯޓްސް ކްލަބް
ޓީސީ އަށް ތާރީހު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް!
 
ޓީސީ އަންނަނީ ސީޒަނަކަށްފަހު ސީޒަނެއް ވަރުގަދަކޮށް ކާމިޔާބީތައް ހޯދަމުން
 
ޓީސީ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ 2014 ވަނަ އަހަރު ދެވަނަ ޑިވިޝަންގެ ޗެމްޕިއަކަން ހޯދައިގެން
 
ޓީސީ ގްރޫޕްގެ އެއްވަނަ ހޯދީ ކޮރެއާ ކްލަބާ ވާދަކޮށް 1-1 ގެ ނަތީޖާއިން އެއްވަރުކޮށްގެން

ޓްރަންސްޓް އެންޑް ކެއާ (ޓީސީ) ސްޕޯޓްސް ކްލަބަކީ 2014 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ދިވެހި ފުޓުބޯޅަ އަށް ވަރަށް ޅަ ޓީމެކެވެ. އެހެންނަމަވެސް އެޓީމު ކިތަންމެ ހަގަސް ހޯދަމުންދާ ކުރިއެރުންތަކަކީ އެންމެންވެސް ދައްކަމުން އަންނަ ވާހަކައެކެވެ. 
އެގޮތުން ސީޒަނަކަށް ފަހު ސީޒަނެއް އެޓީމު އަންނަނީ ވަރުގަދަކުރަމުންނެވެ. ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން 2014 ވަނަ އަހަރު ހޯދި ޓީސީ ވަނީ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ފުރަތަމަ ސީޒަނުގައި ބޮޑެތި ކްލަބްތަކާ ވާދަކޮށް މޮޅުވެގެން އެފަހަރު ލީގުގެ ދެވަނަ ހޯދާފައެވެ.
ޓީސީގެ ފުޓުބޯޅަ ތާރީހުގައި ވެސް އެންމެ ފާހަގަކޮށްލެވޭ އަހަރަކަށްވީ މިދިޔަ އަހަރެވެ. އެގޮތުން އެޓީމު ވަނީ ދިޔަ ސީޒަނުގައި ދިވެހި ލީގުގެ ދެވަނަ ހޯދުމުގެ އިތުރުން ޕްރެޒިޑެންޓްސް ކަޕް އަދި އެފްއޭ ކަޕްގެ ވެސް ދެވަނަ ހޯދާފައެވެ. މިދިޔަ ސީޒަނުގައި އެޓީމަށް އެއްވެސް ދަށްޓެއް ނުލިބުނު ނަމަވެސް އެ ނަތީޖާތަކަކީ އެޓީމު ކުރިއަރަމުން އަންނަކަމުގެ ފެހި ސިގްނަލެކެވެ.  
މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް އަދި އެފްއޭއެމް ގުޅިގެން ފުރަތަމަ ފަހަރަށް ދިން މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ ޓީސީ ކުޅުންތެރިއެއް ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އަށެވެ. މީގެ އިތުރުން މިދިޔަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަންބޫޓް ވެސް ޓީސީގެ ސެންޓޭއަށް ލިބުނު އިރު، އެންމެ މޮޅު ކޯޗަކަށް ވެސް ހޮވިފައިވަނީ ޓީސީގެ ހެޑް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

ޓީސީ ޓީމު ޝައިހް ކަމާލް ކަޕްގައި ހޯދަމުންދާ ނަތީޖާއަކީ ދިވެހި ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކުން އެއްވެސް ވަރަކަށް އުންމީދުކުރި ނަތީޖާތަކެއް ނޫނެވެ. އެހެންނަމަވެސް އެޓީމު ވަނީ ގައުމު ފަހުރުވެރިކޮށްދޭ ނަތީޖާތަކެއް ހޯދާ ދިވެހި ފުޓުބޯޅަ އަށް ތާރީހީ ބަދަލެއް ގެނައުމަށް ތައްޔާރުވެފައެވެ.

ދިވެހި ކްލަބަކަށް ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލުން ޖާގަ ހޯދިފައިނުވާއިރު، ޓީސީ އަށް އެކަން ބަދަލުކޮށްލުމުގެ ފުރުސަތު އެބައޮތެވެ. އެންމެ ފަހުން ބައިނަލްއަގުވާމީ މުބާރާތެއް ކަމަށްވާ އޭއެފްސީ ކަޕުން އެންމެ ދުރަށް ދެވުނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށެވެ. އެހެންނަމަވެސް އެޓީމު ވެސް ވަނީ ސެމީއާ ހިސާބުން އެފަހަރު މުބާރާތުން އަލްވަދާއުކިޔާފައެވެ.

ގްރޫޕް އޭގެ އެއްވަނަ އެއްވެސް މެޗަކުން ބަލިނުވެ ހަތް ޕޮއިންޓާއެކު ޓީސީ ސެމީން ޖާގަ ހޯދާފައިވާ އިރު، އެ ގްރޫޕުން ދެން ސެމީން ޖާގަ ހޯދީ ފަސް ޕޮއިންޓް ހަމަކުރި ޕޮޗިއޮން ސިޓިޒެން އެފްސީ އެވެ. ޓީސީ ވަނީ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން އަބާނީ އެފްސީ އަދި ކިރިގިސްތާންގެ ލީގު ޗެމްޕިއަން އަލްގާ އެފްސީ ގްރޫޕް ސްޓޭޖުގައި ބަލިކޮށްފައެވެ. މީގެއިތުރުން އެޓީމު ގްރޫޕްގެ އެއްވަނަ ހޯދީ ކޮރެއާ ކްލަބާ ވާދަކޮށް 1-1 ގެ ނަތީޖާއިން އެއްވަރުކޮށްގެންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
27 ފެބްރުއަރީ 2017 | ހޯމަ 19:42
ވަހީދު
އޭއެފްސީ މުބާރަތާއި މި މުބަރަތާއި އަޅާނުކިޔޭނެ. އޭއެފްސީ މުބާރަތަކީ މާ ބޮޑު މުބާރާތެއް. ދުޢާ ކުރަން ޓީސީ އަށް ވ ފުރިހަމަ ކާމިޔަބެއް ދެއްވާތޯ.