Advertisement
ކ. މާލެ
|
18 މެއި 2019 | ހޮނިހިރު 21:20
ފުލުހުން ހޯދި ވަކި ލާރިތައް
ފުލުހުން ހޯދި ވަކި ލާރިތައް
ޕޮލިސް
ނ. ލަންދޫ
ލަންދޫގެ ދެ ގެއަކުން ވަކި ލާރިތަކެއް ވަގަށް ނަގައިފި
މި މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ

ނ. ލަންދޫގެ ދެ ގެއަކުން ވަކި ލާރިތަކެއް ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ މި މަހުގެ 10 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތުގައި ލަންދޫގެ ދެގެއަކުން ވަކި ލާރިތަކެއް ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެއް ގެއިން ގެއްލިފައިވާ ކަމަށް އަންދާޒާ ކުރަނީ 500ރ. އަދި އަނެއް ގެއިން ގާތްގަނޑަކަށް 3000ރ. ގެއްލިފައިވާ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

Advertisement

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބުރާސްފަތި ދުވަހު 01:30 ހާއިރު ފުލުހުން ހިންގި ޚާއްސަ އޮޕްރޭޝަންގައި މިދެގެއިން ގެއްލުނު ކަމަށް ބެލެވޭ ވަކިލާރިތަކުގެ ތެރެއިން ގިނަ އަދަދެއްގެ ވަކި ލާރި އެރަށުގެ އިރުމަތީކޮޅު ކުނިގޮނޑު ސަރަހައްދު ބަލާ ފާސްކުރަނިކޮށް ފެނިފައިވާ ކަމަށެވެ. އަދި މިވަކި ލާރިތަކުގެ ޖުމްލަ އަދަދަކީ 1287.89 އަދި 41 އިންޑިއަން ރުޕީސް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލާގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް