ކ. މާލެ
|
18 މެއި 2019 | ހޮނިހިރު 21:21
ޕެޕް ގާޑިއޯލާ
ޕެޕް ގާޑިއޯލާ
ގޫގުލް
ލީރޯއި ސާނޭ
ސާނޭ ކްލަބުގައި ބަހައްޓަން ބޭނުން: ގާޑިއޯލާ
 
ސާނޭގެ އެއްބަސްވުން އާކުރަން މަސައްކަތްކުރާތާ ދޮޅު އަހަރު

ކޮންމެހެން ހަދާފައިވެސް ލީރޯއި ސާނޭ ކްލަބުގައި ބަހައްޓަން ބޭނުންވާ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ގާޑިއޯލާ ބުނީ، ސާނޭގެ އެއްބަސްވުން އާކުރަން މަސައްކަތް ކުރަމުން އަންނަތާ ދޮޅު އަހަރުވެފައިވާ ކަމަށާއި، އެކަމަށް މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގާޑިއޯލާ ބުނީ، ކުރިޔަށް އޮތް ސީޒަނުގައި ސާނޭގެ އެހީ ބޭނުންވާ ކަމަށާއި، އެއްބަސްވުން އާކުރަން މަސައްކަތް ކުރުމަކީ އޭނާގެ މުހިންމުކަން ދޭހަވާ ކަމެއް ކަމަށެވެ.

ސިޓީއާ އެކު އުމުރުން 23 އަހަރުގެ ސާނޭ ހަދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާއިރު، އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ބަޔާން މިއުނިކެވެ.

ޝާލްކޭ އިން 2013 ވަނަ އަހަރުގެ ސީޒަނުގައި ކެރިޔަރު ފެށި ސާނޭ ވަނީ އެ ކްލަބަށް ކުޅުނު 57 މެޗުގައި 13 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ އެ ކްލަބް ދޫކޮށް ސިޓީއަށް ބަދަލުވީ 2016 ވަނަ އަހަރުގެ ސީޒަނުގައެވެ.

އެގޮތުން ސާނޭ ވަނީ ސިޓީއަށް މިހާތަނަށް ކުޅުނު 131 މެޗުގައި 39 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގު ދެފަހަރު، ލީގު ކަޕް ދެފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ.

މީގެ އިތުރުން ސާނޭ ވަނީ 2017 ވަނަ އަހަރުގެ ސީޒަނުގައި ޕްރިމިއާ ލީގުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ އިތުރުން ޖަރުމަން ގައުމީ ޓީމަށް މިހާތަނަށް 19 މެޗުގައި ތިން ލަނޑު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ