ކ. މާލެ
|
18 މެއި 2019 | ހޮނިހިރު 21:24
އޭޝިއަން ޓީޓީ ހޯޕްސް އިވެންޓުން ރިހި މެޑަލް ހޯދި ދީމާ (ވ)
އޭޝިއަން ޓީޓީ ހޯޕްސް އިވެންޓުން ރިހި މެޑަލް ހޯދި ދީމާ (ވ)
ޓެނިސް އެސޯސިއޭޝަން
ފާތިމަތު ދީމާ
ޖޫނިއާ ކެޑޭޓް އޯޕަން މުބާރާތުގެ ލޯ މެޑަލް ދީމާ ހޯދައިފި
 
ކެޑޭޓް ކެޓަގަރީއަކީ ޓީމު އިވެންޓް ކެޓަގަރީ

ތައިލޭންޑްގައި ކުރިޔަށްދިޔަ ޖޫނިއާ ކެޑޭޓް އޯޕަން ޓީޓީ މުބާރާތުގެ ލޯ މެޑަލް ރާއްޖޭގެ ފާތިމަތު ދީމާ ހޯދައިފިއެވެ.

ކެޑޭޓް ކެޓަގަރީއަކީ ޓީމު އިވެންޓް ކެޓަގަރީއަށްވާއިރު، މި ކެޓަގަރީގައި ރާއްޖޭގެ ދީމާ ހިމެނުނީ މިސްރުގެ ހަނާ ގޮޑާ އާއި ގްރީސްގެ މަލަމެންޓޭނިއާ ޕަޕާޑިމިޓްރީއޫ އަދި މެކްސިކޯގެ އަރާންޝާ ޓޮކްސިއޯއާ އެކު އެއް ޓީމެއްގައެވެ.

އެގޮތުން ދީމާގެ ޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި މުބާރާތް ބޭއްވި ގައުމު ތައިލޭންޑް އަދި ފިލިޕިންސްއާ ދެކޮޅަށް ކުޅުނު މެޗުތައް ކާމިޔާބުކޮށްފައެވެ. މި ދެ މެޗު ވެސް ދީމާގެ ޓީމުން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

ކުއާޓާ ފައިނަލުގައި ދީމާގެ ޓީމުން ވާދަކުރީ ތައިލޭންޑްގެ އެއް ވަނަ ޓީމާއެވެ. މި މެޗު ވަރުގަދަ ކުރިމަތިލުމަކަށް ފަހު ދީމާގެ ޓީމުން ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ.

ސެމީ ފައިނަލުގައި ދީމާގެ ޓީމުން ވާދަކުރީ ޗައިނީޒް ޓައިޕޭއާއެވެ. މި މެޗުން ދީމާގެ ޓީމު ބަލިވީ ފަސޭހަކަމާއެކު 0-3 ގެ ނަތީޖާއަކުންނެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދުނިޔޭގެ ޗެމްޕިއަން ޗައިނާއެވެ. ދީމާ ވަނީ މިދިޔަ ހަފްތާގައި ތައިލޭންޑްގައި ކުރިޔަށްދިޔަ އޭޝިއަން ޓީޓީ ހޯޕްސް އިވެންޓުގައި ރިހި މެޑަލް ހޯދާފައެވެ. އޭނާ ވަނީ މި އަހަރު ބޭއްވި އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނުގެ މެމްބަރު ގައުމުތަކުގައި ބާއްވާ ރީޖަނަލް ހޯޕްސް ވީކްގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ. އޭނާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ.

މީގެ އިތުރުން ދީމާ ވަނީ ގައުމީ ޓީޓީ މުބާރާތް ކާމިޔާބުކޮށް، ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި ކާމިޔާބުކުރި އެންމެ ހަގު ޓީޓީ ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ. ރާއްޖޭގެ ޖޫނިއާ އަދި ސީނިއާ ގައުމީ ޓީމުން މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ދީމާ ޖާގަ ހޯދީ ރޭންކިންގެ އެއް ވަނަ ކުޅުންތެރިޔާގެ ގޮތުގައިކަން ވެސް ފާހަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
50%
50%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި