ކ. މާލެ
|
18 މެއި 2019 | ހޮނިހިރު 21:51
އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން
އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން
ގެޓީ އިމޭޖަސް
އޮސްޓްރޭލިއާގެ އިންތިޚާބު
އޮސްޓްރޭލިއާގެ އިންތިޚާބު ވެރިކަމުގައި އޮތް ޕާޓީ ކާމިޔާބުކޮށްފި
 
މި އިންތިޚާބުގައި 16 މިލިއަން މީހުން ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވޭ

އޮސްޓްރޭލިއާގެ އާއްމު އިންތިޚާބު, މިހާރު ވެސް ވެރިކަންކުރަމުންދާ ލިބަރަލް ޕާޓީގެ ކޯލިޝަނުން ކާމިޔާބުކޮށްފިއެވެ.

އޮސްޓްރޭލިއާގައި ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ބޮޑުވަޒީރު ސްކޮޓް މޮރިސަންގެ ލިބަރަލް ޕާޓީ ކޯލިޝަނަށް 74 ގޮޮނގި ކާމިޔާބުވެފައިވާ ކަމަށް ދައްކައެވެ. ލޭބަރ ޕާޓީއަށް 65 ގޮނޑި ކާމިޔާބުކުރެވިފައިވާއިރު އެހެނިހެން ފަރާތްތަކަށް ހަ ގޮނޑި ކާމިޔާބު ކުރެވިފައިވެއެވެ.

އިންތިޚާބުގެ ކާމިޔާބަށް ފަހު ވާހަކަ ދައްކަވަމުން ބޮޑުވަޒީރު މޮރިސަން ވަނީ އިދިކޮޅު ލީޑަރު ބިލް ޝޯޓެންއަށް ޝުކުރު އަދާކުރައްވައި އޭނާއަށް ކާމިޔާބަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑު އަބަދުވެސް މުއުޖިޒާތް ގަބޫލުކުރަން" ލިބިވަޑައިގެންނެވި ކާމިޔާބީ ސިފަކުރައްވަމުން އޭނާ ވިދާޅުވިއެވެ.

މޮރިސަން ވަނީ އޮސްޓްރޭލިއާގެ މަޑުމައިތިރި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެެވެ.

"މިރޭ މި ހޯދި ކާމިޔާބަކީ އޮސްޓްރޭލިއާގެ މަޑުމަތިރި ރައްޔިތުން ހޯދި ކާމިޔާބެއް" މޮރިސަން ވިދާޅުވިއެވެ.

އިދިކޮޅު ލީޑަރު ޝޯޓެން ވަނީ ބަލި ގަބޫލުކުރައްވައި ބޮޑުވަޒީރު މޮރިސަން އަށް މަރުހަބާ ވިދާޅުވެފައެވެ.

ހަ އަހަރެއްހާ ދުވަހު ލޭބަރ ޕާޓީގެ ލީޑަރުކަމުގައި ހުންނެވި މޮރިސަން ވަނީ ލޭބަރ ޕާޓީގެ ލީޑަރުކަމަށް ދެން ވާދަނުކުރައްވާނެކަން އިއުލާނުކުރައްވާފައެވެ.

އޮސްޓްރޭލިއާގެ އިިންތިޚާބުގައި ވޯޓްލުމަށް 16 މިލިއަން މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު އިންތިޚާބު ބޭއްވި ދުވަހުގެ ކުރިން އަރލީ ވޯޓިންގައި ހަތަރު މިލިއަން މީހުން ވޯޓުލާފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި