ކ. މާލެ
|
18 މެއި 2019 | ހޮނިހިރު 09:34
ރިއު ހޮޓެލްސް އެންޑް ރިޒޯޓްސްއިން ރާއްޖޭގައި ހުޅުވި ދެ ރިޒޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރިއު ހޮޓެލްސް އެންޑް ރިޒޯޓްސްއިން ރާއްޖޭގައި ހުޅުވި ދެ ރިޒޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޓުއަރިސްމް މިނިސްޓްރީ
ޓޫރިޒަމް މިނިސްޓްރީ
ރިއު ހޮޓެލްސްގެ ދެ ރިސޯޓު ދ އަތޮޅުގައި ހުޅުވައިފި
މި ދެރިސޯޓު ހުޅުވީ ހުކުރު ދުވަހު

ދުނިޔޭގެ މަޝްހޫރު ޓޫރިސްޓު ކުންފުންފުނި ކަމަށްވާ ސްޕެއިންގެ ރިއު ހޮޓެލްސް އެންޑް ރިޒޯޓްސްއިން ރާއްޖޭގައި ދެ ރިސޯޓު ހުޅުވައިފިއެވެ.

ރިއު ހޮޓެލްސް އިން ރާއްޖޭގައި ތަރައްގީ ކުރި ދެ ރިސޯޓަކީ ރިއު އެޓޯލްސް އާއި ރިއު ޕެލަސް އެވެ.

ދ. އަތޮޅުގެ މާފުއްޓާއި އެއަތޮޅު ކެދިގަނޑުގައި ހުޅުވާފައިވާ މި ދެރިސޯޓުގައި ޖުމްލަ 440 އެނދު ހުރެއެވެ. އެއީ 880 އެނދެވެ.

ރިއު އެޓޯލްސް އަކީ އެ ކުންފުނިން ދ. މާފުށީގައި ތަރައްގީ ކުރި ހަތަރު ތަރީގެ ރިސޯޓެކެވެ. އަދި ރިއު ޕެލަސް އަކީ ދ. ކެނދިގަނޑު ގައި ތަރައްގީ ކުރި ފަސްތަރީގެ ރިސޯޓެކެވެ.

މި ދެ ރިސޯޓު ހުޅުއްވައި ދެއްވީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދެވެ. އެރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމާއި އެނާޖީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަަދު އާމިރާއި ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރިއު އަކީ 1953 ވަނަ އަހަރު ސްޕެއިންގެ ރިއު ނަމަކަށް ކިޔާ އާއިލާއިން އުފެއްދި ރިއު ހޮޓެލްސް އެންޑް ރިސޯޓުގެ ނަމުގައި އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނި މިހާރު ހިންގަމުން ދަނީ ޖަރުމަން ވިލާތުގެ ކުންފުންޏެއް ކަމަށްވާ ޓީޔޫއައިގެ ދަށުންނެވެ. ދުނިޔޭގެ 19 ގައުމެއްގައި ރިއުގެ ހޮޓަލާއި ރިސޯޓް ހުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް