ކ. މާލެ
|
18 މެއި 2019 | ހޮނިހިރު 10:35
ގްރަމްޕީ ކެޓް - މަރުވީ 7 އަހަރުގައި
ގްރަމްޕީ ކެޓް - މަރުވީ 7 އަހަރުގައި
ޔޫއެސްއޭ ޓުޑޭ
ގްރަމްޕީ ކެޓް
އިންޓަނެޓްގައި މަގުބޫލު ގްރަމްޕީ ކެޓް މަރުވެއްޖެ
ގްރަމްޕީ ކެޓްގެ ނަމުގައި ސެންޓާއި ބޫޓު އަދި ކޮމިކް ހުރޭ

އިންޓަނެޓްގައި އެންމެ މަގުބޫލު ބުޅާތަކުގެ ތެރޭގައި ހިމެނޭ އަދި އެންމެ ފުރަތަމަ ވައިރަލް ވެގެން ދިޔަ މީމްތަކުގެ ތެރޭގައި ހިމެނޭ "ގްރަމްޕީ ކެޓް" މަރުވެއްޖެއެވެ.

ގްރަމްޕީ ކެޓް މަރުވިކަން އިއުލާންކުރީ އޭނާ ގެންގުޅޭ ތަބަތާ ބަންސީންއެވެ. ބަންސީންގެ މެސެޖު އާންމުކޮށްފައިވަނީ ގްރަމްޕީ ކެޓްގެ ރަސްމީ ޓްވިޓަރ އެކައުންޓުންނެވެ. ގްރަމްޕީ ކެޓް މަރުވީ "ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން" އެއްގެ ސަބަބުން ކަމަށް އޭނާ ގެންގުޅޭ އާއިލާއިން ބުނެފައިވެއެވެ.

އަސްލު "ޓާޑާ ސޯސް" ކިޔާ އެ ބުޅަލަކީ ފީލައިން ޑްވާފިޒަމް ޖެހިފައިވާ ބުޅަލެކެވެ. ގްރަމްޕީ ކެޓްގެ މޫނުމަތީގެ ސިފަތައް އެހާ "ގްރަމްޕީ" ކޮށް ނުވަތަ ރުޅިއައިސްފައި ހުންނަނީ ވެސް އެހެންވެގެން ކަމަށް އޭނާ ގެންގުޅޭ މީހުން ބުނެފައިވެއެވެ.

އިންޓަނެޓްގައި ގްރަމްޕީ ކެޓް ފުރަތަމަ މަޝްހޫރުވީ ރެޑިޓުގައި ތަބިތާގެ ކޮއްކޮ ބްރަޔަން 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބުޅަލުގެ ފޮޓޯތަކެއް އިންޓަނެޓަށް ލުމުންނެވެ. ފޮޓޯއަށް 48 ގަޑިއިރުގެ ތެރޭގައި މިލިއަނަކަށް ވުރެ ގިނަ ވިއުސް ލިބިފައިވެއެވެ. އެއަށް ފަހު ވީޑިއޯއެއް ލުމުން އެޔަށް ވެސް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.

ގްރަމްޕީ ކެޓް މަގުބޫލުވަމުން ގޮސް، ގްރަމްޕީ ކެޓް މަރުކައިގެ ސެންޓާއި، ސްކެޗަރސް ބޫޓު، ކޮމިކް އަދި އާޓް ޕްރޮޖެކްޓައް ހިނގާފައިވެއެވެ. ގްރަމްޕީ ކެޓް މަރުވީއިރު ޓްވިޓަރގައި 1.5 މިލިއަން ފޮލޮވަރޒް، އިންސްޓަގްރާމްގައި 2.4 މިލިއަން ފޮލޮވަރުން އަދި ފޭސްބުކްގައި 8.5 މިލިއަން ލައިކް ލިބިފައިވެއެވެ.

- ކޮމެންޓް