Advertisement
ކ. މާލެ
|
16 މެއި 2019 | ބުރާސްފަތި 23:41
ކޮމިޝަންގެ ރައީސް ޝަރީފް
ކޮމިޝަންގެ ރައީސް ޝަރީފް
އިލެކްޝަންސް ކޮމިޝަން
އިލެކްޝަން ކޮމިޝަން
އީސީގެ މެންބަރުކަމުން ޝަރީފު އިސްތިއުފާ ދެއްވަނީ
އިސްތިއުފާ ދެއްވަނީ ކައުންސިލް އިންތިޚާބަށްފަހު
އިސްތިއުފާ ދިނުމަށް ނިންމީ ސިޔާސީ ހަރަކާތުގައި ބައިވެރި ނުވެވޭތީ

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާދޭން ނިންމާފައިވާ ކަމަށް އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް އީސގެ ރައީސް ޝަރީފް ވިދާޅުވީ ގިނަ ގޮންޖެހުންތަކާ އެކު ކޮމިޝަންގެ މަސްއޫލިއްޔަތާ ޒިންމާތައް އަދާކުރެވުނު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި 2020 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ އީސީގެ މެންބަރުކަމުން އިސްތިއުފާ ދިނުމަށް ނިންމީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވޭތީ ކަމަށެވެ.

Advertisement

ކައުންސިލް އިންތިޚާބަށް ތައްޔާރުވަމުން އަންކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ އިންތިޚާބަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި މަގާމު ހުސްކުރަން ބޭނުންނުވާ ކަމަށެވެ. ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވެތީ އިސްތިއުފާ ދިނުމަށް ނިންމާފައިވާއިރު ޝަރީފަކީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރުކަމާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަން ކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ކުރިން ޝަރީފަކީ ރައީސް ޔާމީންގެ އަރިސްބޭފުޅެކެވެ. ޕީޕީއެމްގައި އިސްކޮށް ޝަރީފު މަސައްކަތް ކުރެއްވި ނަމަވެސް ރިޔާސީ އިންތިހާބުން ޔާމީނަށް ބޮޑު ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ހިސާބުން އެގުޅުން ވަނީ ކެނޑިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް