Advertisement
ކ. މާލެ
|
16 މެއި 2019 | ބުރާސްފަތި 19:35
ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް
ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް
ރާއްޖެއެމްވީ
ޖެންޑާ މިނިސްޓްރީ
ފޭދޫ އަންހެން މީހާ އަށް އަނިޔާކުރި މައްސަލަ ފުލުހަށް ވަނީ ހުށަހަޅާފައި: ޝިދާތާ
އަދަބު ނުލިބޭނެކަމަށް ގަބޫލުކުރާ ވިސްނުން ނިމުމަކަށް ގެންނަން ޖެހޭކަމަށް ވިދާޅުވި

ށ. ފޭދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ރަހުމްކުޑަ އަނިޔާތަކެއް ދިން މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ހުށަހަޅައިފިއެވެ.

ބުރާސްފަތި ދުވަހު ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ކުރައްވާފައިވާ ޓްވީޓްގައި ވަނީ ށ. ފޭދޫގައި އަންހެނަކަށް އަންހެނަކަށް ރަހުމްކުޑަ އަނިޔާތަކެއްދިން މައްސަލަ ތަހުގީގް ކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

Advertisement

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަނިޔާކޮށް، އެކަމުގެ އަދަބު ނުލިބޭނެ ކަމަށް ގަބޫލުކުރާ ވިސްނުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ސީދާތާ ވިދާޅުވިއެވެ.

ސިކުނޑީގެ އުނިކަން ހުންނަ އަންހެނަކު ފޭދޫ މަގުބައްތިއެއްގެ ހޮޅިދަނޑިއެއްގައި ބަނދެފައި ހުއްޓާ ފެނުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާގެ ބޮލުގައި ގޯންޏެއް އޮޅައި، ބަނދެފައި ހުރި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އަނިޔާ ލިބުނު، ނުކުޅެދުންތެރިކަން ހުންނަ މީހާއަކީ މީހަކާ ވެސް އިނދެގެން އުޅޭ ފަސް ދަރިންގެ މަންމައެވެ. އޭނާއަށް އެ އަނިޔާ ކުރީ ކޮން ބައެއް ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. އަދި އެކަން ކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ވެސް އަދި ނޭނގެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް