ކ. މާލެ
|
16 މެއި 2019 | ބުރާސްފަތި 21:12
ރޮބާޓް ލެވަންޑޯސްކީ
ރޮބާޓް ލެވަންޑޯސްކީ
ގެޓީ އިމޭޖަސް
ރޮބާޓް ލެވަންޑޯސްކީ
ޔުނައިޓެޑުން ލެވަންޑޯސްކީ ހޯދުމަށް މަސައްކަތް ކުރަނީ
 
ލެވަންޑޯސްކީގެ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު

މެންޗެސްޓާ ޔުނައިޓެޑުން ބަޔާން މިއުނިކަށް ކުޅެމުން އަންނަ ރޮބާޓް ލެވަންޑޯސްކީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑެއިލީ މެއިލްއިން ބުނީ، ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ޔުނައިޓެޑުން ލެވަންޑޯސްކީގެ ސޮއި ބޭނުންވާ ކަމަށާއި، އެކަމަށް އެ ކްލަބުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުން ބަޔާންއިން ބޭނުންވަނީ ލެވަންޑޯސްކީ އެކްލަބުގައި ބަހަޓާށެވެ. އެގޮތުން އޭނާގެ އެއްބަސްވުންވެސް އާކުރަން އެ ކްލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 30 އަހަރުގެ ލެވަންޑޯސްކީގެ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާއިރު، ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ޔުނައިޓެޑުގެ އިތުރުން ގިނަ ކްލަބްތަކުން އަންނަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ބްރޫޝިއާ ޑޯޓްމަންޑުން ވިދާލި ލެވަންޑޯސްކީ ވަނީ އެޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ހަތަރު ސީޒަން ކުޅެ، ބުންޑަސްލީގާ ދެފަހަރު، ޖަރުމަން ކަޕް އަދި ޖަރުމަން ސުޕަކަޕްވެސް ކާމިޔާބުކޮށްފަ އެވެ. ޑޯޓްމަންޑް ދޫކޮށް ލެވަންޑޯސްކީ ބަޔާން އަށް ބަދަލުވީ 2014 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 240 މެޗުގައި 189 ލަނޑު ކާމިޔާބުކޮށްފަ އެވެ. އަދި ލެވަންޑޯސްކީ ވަނީ ބުންޑަސް ލީގާ ތިންފަހަރު، ޖަރުމަން ކަޕް އެއްފަހަރު އަދި ޖަރުމަން ސުޕާކަޕް ދެފަހަރު އެޓީމާއެކު ކާމިޔާބުކޮށްފަ އެވެ.ޕޮލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަ ލެވަންޑޯސްކީ ވަނީ އެ ގައުމަށް މިހާތަނަށް ކުޅުނު 104 މެޗުގައި 56 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ