ކ. މާލެ
|
16 މެއި 2019 | ބުރާސްފަތި 21:14
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ
ގެޓީ އިމޭޖަސް
ޕައުލް ޕޮގްބާ
ޕޮގްބާއަކީ ޔުވެންޓަސްއަށް ބޭނުންވާ ކުޅުންތެރިޔެއް: މަކީސިއޯ
 
ޕޮގްބާގެ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފިލްޑަރ ޕައުލް ޕޮގްބާއަކީ ޔުވެންޓަސްއަށް ބޭނުންވާ ކުޅުންތެރިޔެއް ކަމަށް ޔުވެންޓަސްއަށް ކުރިން ކުޅުނު ކްލައުޑިއޯ މަކީސިއޯ ބުނެފިއެވެ.

ޓުޓޯ ސްޕޯޓްއަށް ދިން އިންޓަވިއުއެއްގައި މަކީސިއޯ ބުނީ، ޔުވެންޓަސްފަދަ ޓީމަކަށް ބޭނުންވާ އެންމެ އައިޑިއަލް ކުޅުންތެރިޔަކީ ޕޮގްބާ ކަމަށާއި، ޕޮގްބާއާ އެކު ޔުވެންޓަސް އެތައް ގޮތަކުން ވަރުގަދަވާނެ ކަމަށެވެ.

އެގޮތުން މަކީސިއޯ ބުނީ، ޕޮގްބާ ފަދަ ކުޅުންތެރިޔަކު ކުޅުން އިތުރަށް ތަރައްގީކުރަން ބޭނުންވާ ނަމަ ބަދަލުވާން ޖެހޭނީ ސްޕެއިން އަށް ކަމަށެވެ. ނަމަވެސް ޔުނައިޓެޑަށް އޭނާ ބަދަލުވީ ކީއްވެކަން ނުވިސްނޭ ކަމަށެވެ.

މި ސީޒަން ޕޮގްބާއަށް ނިމިފައިވާއިރު، އޭނާގެ ކްލަބް ޔުނައިޓެޑަށް މި ސީޒަނަކީ ކާމިޔާބު ސީޒަނެއް ނޫނެވެ. އެޓީމު ޕްރިމިއާ ލީގުގެ ހަވަނައިގައި ނިންމާލާފައިވާއިރު، ކުރިޔަށް އޮތް ސީޒަނުގެ ޗެމްޕިއަންސް ލީގުންވެސް ޖާގަ ނުލިބެއެވެ. އަދި އެ ކްލަބް ޖެހޭނީ ޔޫރޮޕާ ލީގުގެ ވެސް ކޮލިފައިން ކުޅޭށެވެ.

ޔުނައިޓެޑާ އެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާ އިރު، އޭނާ އަށް މިހާރު ލިބެނީ ހަފްތާ އަކު 290،000 ޕައުންޑެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޔުނައިޓެޑާ އެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުން ހަމަވަންދެން އޭނާ އެ ކްލަބުގައި މަޑުކުރާނެއެވެ. ނަމަވެސް މިކަން އަދި ކަށަވަރެއް ނުވެއެވެ.

ޔުނައިޓެޑުން 2010 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން26 އަހަރުގެ ޕޮގްބާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅުނު 135 މެޗުގައި 31 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އެ ޓީމާ އެކު ލީގް ކަޕް އަދި ޔޫރޮޕާ ލީގު ވެސް ކާމިޔާބު ކޮށްފައެވެ.

ފްރާންސާ އެކު 2013 ވަނަ އަހަރު 20 އަހަރުން ދަށުގެ ވޯލްޑްކަޕް އަދި މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ޕޮގްބާ ވަނީ ސީނިއާ ޓީމުގައި ހިމެނި 66 މެޗު ކުޅެ 10 ލަނޑު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި