Advertisement
ކ. މާލެ
|
16 މެއި 2019 | ބުރާސްފަތި 16:19
ަމަޖިލިސް ޗެމްބަރު
ަމަޖިލިސް ޗެމްބަރު
ޓްވިޓަރ
ރައްޔިތުންގެ މަޖިލިސް 2019
އާ މަޖިލީހަށް ޚާއްސަކޮށްގެން ބާއްވާ އޮރިއެންޓޭޝަން ޕްރޮގްރާމް މި ފަހަރު ވެސް އޮންނާނެ!
18 ވަނަ މަޖިލީހުގެ އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވާފައިވަނީ 25 މެއި 2014 ގައި
އާއްމުކޮށް އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވަނީ މަޖިލިސް ހުޅުވުމުގެ ދެތިން ދުވަސް ކުރިން

ކޮންމެ އާ މަޖިލީހަކަށް ޚާއްސަކޮށްގެން ބާއްވާ އޮރިއެންޓޭޝަން ޕްރޮގްރާމް މި ފަހަރު ވެސް އޮންނާނެ ކަމަށް މަޖިލީހުން ބުނެފިއެވެ.

މަޖިލިސް އިދާރާއިން ބުނީ އޮރިއެންޓޭޝަން ބާއްވާނެ ތާރީޚެއް އަދި ކަނޑައަޅާފައިނުވާ ކަމަށެވެ. އާއްމުކޮށް އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވަނީ މަޖިލިސް ހުޅުވުމުގެ ދެތިން ދުވަސް ކުރިންނެވެ.

މަޖިލިސް މެމްބަރުންނަށް ބާއްވާ އޮރިއެންޓޭޝަން ޕްރޮގްރާމަކީ ކޮންމެ ފަސް އަހަރުން އާ މަޖިލީހެއް އިންތިޚާބު ކުރެވޭއިރު، މަޖިލީހުގެ ކަންތައްތަކަށް މެމްބަރުން އަހުލުވެރި ކުރުވުގެ ގޮތުން ބާއްވާ ޕްރޮގްރާމެކެވެ.

މެމްބަރުން އަހުލުވެރިކުރުމަށް ކުރިއަށް ގެންދާ އޮރިއެންޓޭޝަން ޕްރޮގްރާމްގެ ތެރޭގައި، މެމްބަރުން ޗެމްބަރަށް އަހުލުވެރިކުރުމާއި، ވޯޓް ސިސްޓަމާއި، މައިކް ސިސްޓަމަށް އަހުލުވެރިކުރުވުން ހިމެނެއެވެ. މަޖިލީހުގެ އިދާރާއިން ބުނީ އޮރިއެންޓޭޝަން ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ، މަޖިލިސް ފެށުމުގެ ކުރިން މެމްބަރުން ބޭނުންވާ މުހިއްމު މައުލޫމާތު ހިއްސާކުރުން ކަމަށެވެ.

18 ވަނަ މަޖިލީހުގެ އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވާފައި ވަނީ 25 މެއި 2014 ގައެވެ.

އާ މަޖިލިސް ހުވާކުރުމުގެ ޖަލްސާ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ ރޭގަނޑު 9.30 ގައެވެ. އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ.

މި ފަހަރުގެ މަޖިލިސް އިންތިހާބުގައި 65 ގޮނޑި ކާމިޔާބުކޮށް އެމްޑީޕީން ވަނީ އާ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނަގާފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް