އެމެރިކާގެ ކޮމްޕިއުޓަރތަކަށް ބޭރުގެ ފަރާތްތަކުންދޭ ހަމަލާތަކަކާއި ގުޅިގެން އެ ގައުމުގެ ކޮމްޕިއުޓަރ ނެޓްވަރކް ރައްކާތެރި ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިމަރޖެންސީ އިއުލާނު ކުރައްވައިފިއެވެ.
ރައީސް ޓްރަމްޕް ސޮއިކުރައްވާފައިވާ ގަރާރަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބެލޭ ބޭރުގެ ޓެލެކޮމް ކުންފުނިތައް އެ ގައުމުގެ ކުންފުނިތަކުން ބޭނުންކުުރުން މަނާކުުރުމަށް ސޮއިކުރެއްވި ގަރާރެކެވެ.
ނަމަވެސް ރައީސް ޓްރަމްޕްގެ އަމުރުގައި ވަކިކުންފުންޏެއްގެ ނަން ވިދާޅުވެފައި ނުވި ނަމަވެސް ބެލެވޭގޮތުގައި އެއީ ވާވެއި ކުންފުންޏެވެ.
ޗައިނާގެ ބިޔަ ވާވެއި ކުންފުނިން ބުނީ އެ ކުންފުނީގެ ވިޔަފާރިތައް މަނާކުުރުމުން ގެއްލުންވާނީ ޚިދުމަތް ހޯދާ އެމެރިކާގެ ކުންފުނިތަކަށް ކަމަށެވެ.
އެެމެރިކާގެ އިތުރުން އެހެން ބައެއް ގައުމުތަކުން ވެސް ވޭތުވެ ދިޔަ މަސްތަކުގައިވަނީ ވާވެއިގެ އުފެއްދުންތައް ބޭނުންކޮށްގެން ޗައިނާއަށް ޖާސޫސް ކޮށްދޭކަމަށް ތުހުމަތުކޮށްފައެވެ.
އެމެރިކާއިންދަނީ ވާވެއި އިން 5 ޖީ ނެޓްވަރކްގެ ޚިދުމަތަށް ދިއުން ހުއްޓުވުމަށް އެ ގައުމުގެ ބައިވެރިންނަށް ޕްރެޝަރ ކުރަމުންނެވެ.
މީގެ އިތުރުން އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުންވަނީ ވާވެއި ކުންފުނި އެންޓިޓީ ލިސްޓުގައި ހިމަނާފައެވެ. އެއާއެކު އެމެރިކާގެ ފަރމް ތަކުގެ ޓެކްނޮލޮޖީ އެ ކުންފުންޏަކަށް ބޭނުން ކުރެވޭނީ އެމެރިކާ ސަރުކާރުގެ ހުއްދަ ލިބިގެންނެވެ.