Advertisement
ކ. މާލެ
|
16 މެއި 2019 | ބުރާސްފަތި 12:39
ފިހާރަތަކުގެ ފައިސާ ނުލިބި އޮތުމަކީ ކައުންސިލްތަކުގެ ކަންބޮޑުވުމެއް ކަމަށް މިނިސްޓަރު އަމީރް ވިދާޅުވި
ފިހާރަތަކުގެ ފައިސާ ނުލިބި އޮތުމަކީ ކައުންސިލްތަކުގެ ކަންބޮޑުވުމެއް ކަމަށް މިނިސްޓަރު އަމީރް ވިދާޅުވި
ޓްވިޓަރ
އަތޮޅުފިހާރަ
ހަތަރު އަހަރު ފަހުން އަތޮޅު ފިހާރަތަކުގެ ކުލީގެ ފައިސާ ކައުންސިލްތަކަށް ޖަމާކުރަން ފަށައިފި
16 ކައުންސިލަކަށް ވަނީ ފައިސާ ދޫކޮށްފައި
އެންމެ ފަހުން ފައިސާ ލިބުނީ 2014 ވަނަ އަހަރު

މާލޭގައި ހިންގަމުންދާ އަތޮޅު ފިހާރަތަކުން އަތޮޅު ކައުންސިލްތަކަށް ލިބެންޖެހޭ ފައިސާ ހަވާލު ނުކުރާތާ 4 އަހަރުވުމަށް ފަހު، ފައިސާ ޖަމާކޮށްދޭން ފަށައިފިއެވެ. 

އަތޮޅު ފިހާރަތަކުގެ ފައިސާ ކައުންސިލްތަކަށް އެންމެ ފަހުން ދީފައިވަނީ 2014 ވަނަ އަހަރުއެވެ. މި ހަފްތާގައި ޖަމާކޮށްދޭން ފަށާފައިވަނީ 2015 ވަނަ އަހަރުގެ ފައިސާއެވެ. 

ފިނޭންސް މިނިސްޓްރީން ބުނީ، މި ހަފްތާގައި 16 ކައުންސިލަކަށް 12،538،262.62 ( ބާރަ މިލިއަން ފަސްލައްކަ ތިރީސް އަށްހާސް ދުއިސައްތަ ފަސްދޮޅަސް ދޭއް ޕޮއިންޓް ފަސްދޮޅަސް ދެލާރި ) ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށެވެ. ފައިސާ ޖަމާނުކުރެވި ހުރި ހަތަރު ކައުންސިލަށް ޖަމާކުރުމުގެ މަސައްކަތް ފިނޭންސް އިން ދަނީ ކުރަމުންނެވެ. 

އަތޮޅު ކައުންސިލްތަކަށް ފައިސާ ޖަމާ ކޮށްދިނުމާއި ބެހޭ ގޮތުން މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރް ވިދާޅުވީ، އަތޮޅު ކައުންސިލްތަަކަށް ފައިސާ ލިބޭނެ ގޮތް ވަރަށް މަދުކަމަށާއި، އަތޮޅު ފިހާރަތަކަކީ އޭގެ ތެރެއިން މުހިއްމު ވަސީލަތެއް ކަމަށެެވެ. 

'' މިސަރުކާރުގެ ވައުދެއް ކައުންސިލްތައް ބާރުވެރި ކުރުމަކީ. އެގޮތުން ބާރުވެރިކުރުވުމަށް އެންމެ މުހިއްމު އެއް ވަސީލަތަކީ މާލީގޮތުން ފުދުންތެރި ބަޔަކަށްވުން. އެގޮތުން ބަލާއިރު އަތޮޅު ފިހާރަތަކުގެ ފައިސާ ނުލިބި އޮތުމަކީ ކައުންސިލްތަކުގެ ކަންބޮޑުވުމެއް. އެގޮތަށް ނުލިބި ހުރި ހިސާބުން ފައިސާ ދޭން މިފެށީ'' އަމީރު ވިދާޅުވިއެވެ. 

އެހެން އަހަރު ތަކުގެ ފައިސާ ވެސް ކައުންސިލްތަކަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަތޮޅު ފިހާރަތަކަކީ އަތޮޅުގެ ބައިވެރިވުމާއެކު މާލޭގެ އުތުރު ފަރާތުގައި ގާއިމް ކޮށްފައިވާ ފިހާރަތަކެވެ. 

އެކި އަގުގައި ކުއްޔަށްދީފައިވާ ފިހާރަތަކުން ކޮންމެ އަތޮޅެއްގެ ކައުންސިލަކަށް ވެސް ލިބެނީ އެ ފިހާރައެއް ކުއްޔަށްދީފައިވާ އަގުގެ 50 އިންސައްތައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް