Advertisement
ކ. މާލެ
|
16 މެއި 2019 | ބުރާސްފަތި 01:40
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރާއްޖެއެމްވީ
ރައީސް ނަޝީދު
ގިނަ ފައިސާތައް އަމިއްލަ ކުންފުނިތަކަށް ދޭން ހުކުމް ކުރާތީ ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި
ދައުލަތަށް ރަނގަޅު ގޮތް ހޯދުމަކީ ބަންޑާރަ ނައިބުގެ ވާޖިބެއް
އެއީ ދޭންޖެހޭ ފައިސާތޯ ކަށަވަރުކުރަންޖެހޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އާދަޔާ ހިލާފަށް ގިނަ ފައިސާ އަމިއްލަ ފަރާތްތަކަށް ދިނުމަށް ކޯޓުތަކުން ހުކުމް ކުރަމުންދާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުންފާޅުކޮށްފިއެވެ. 

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު އިންތިޚާބު ވެގެންދިޔަ ހަ މަސް ތެރޭގައި އާދަޔާ ހިލާފަށް ގިނަ ފައިސާ އަމިއްލަ ފަރާތްތަކަށް ދިނުމަށް ކޯޓުތަކުން ހުކުމްކޮށްފައިވާ ކަމަށެވެ. އަދި މި ފައިސާ ދޫކުރުމުގެ ކުރިން އެއީ ދޭންޖެހޭ ފައިސާތޯ ކަށަވަރުކުރަންޖެހޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ ދައުލަތަށް އެންމެ ރަނގަޅު ގޮތް ހޯދުމަކީ ބަންޑާރަ ނައިބުގެ ވާޖިބެއް ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ދައުލަތުގެ މީޑިއާ ހިންގަން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ހެދި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެންބީސީ) އިން އަމިއްލަ ކުންފުންޏެއް ކަމަށްވާ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް)އަށް 78 މިލިޔަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ. އަދި ފެރީގެ ހިދުމަތް ދިނުމަށް އުފެއްދި ދީބާޖާ އިންވެސްޓްމަންޓް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ދަށު ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައެވެ.

މިމައްސަލަތަކާ ގުޅިގެން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި އެހުކުމް މުރާޖައާ ކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅުއްވުމަށް ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
15 މެއި 2019 | ބުދަ 20:54
އައިސް
ތިމާގެ ސަބަބުން މޮޔަޔާ.....ކިތަމެ ވަރަށް ބަޔަކު ދޮންކުރިޔަސް ތި އަނބެއް ނޫން ދުނބުރި އެއް....