Advertisement
ކ. މާލެ
|
16 މެއި 2019 | ބުރާސްފަތި 10:22
މާޅޮހަށް ކަރަންޓް ފޯރުކޮށްދޭ ޖަނަރޭޓަރެއް
މާޅޮހަށް ކަރަންޓް ފޯރުކޮށްދޭ ޖަނަރޭޓަރެއް
ރާއްޖެއެމްވީ
މާޅޮހުން ކަރަންޓް ކެނޑުން
މާޅޮހުން ކަރަންޓް ކެނޑޭތާ ތިން ދުވަސް، އިލެކްޓްރޯނިކްސް ތަކެއްޗަށް ގެއްލުން ވަމުން ދަނީ
ކަރަންޓް ދާތީ ރައްޔިތުންގެ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަމުން ދަނީ
ތިން ޖަނަރޭޓަރުން މާޅޮހަށް ކަރަންޓް ފޯރުކޮށްދެނީ

ބ. މާޅޮހުން އިރުއިރުކޮޅުން ކަރަންޓް ކެނޑެމުންދާތީ ރައްޔިތުންގެ އަގުބޮޑެތި ތަކެއްޗަށް ގެއްލުން ވަމުންދާ ކަމަށް އެރަށު ކައުންސިލުގެ ނައިބު ރައީސް އަހުމަދު މުޖުތަބާ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން މުޖުތަބާ ވިދާޅުވީ މާޅޮހުގައި ކަރަންޓްގެ މައްސަލަ ޖެހޭތާ ތިންމަސް ވެފައިވާ ކަމަށާއި ވޭތުވެ ދިޔަ ތިން ދުވަހު ރަށުގެ އެކި ސަރަހައްދުތަކުން އެކި ގަޑިތަކުގައި ކަރަންޓް ކެނޑެމުން ދާކަމަށެވެ.

މުޖުތަބާ ވިދާޅުވީ މާޅޮހުގައި ހަތަރު ޖަނަރޭޓާރު ހުންނައިރު ތިން ޖެނަރޭޓަރުން ކަރަންޓް ފޯރު ކޮށްދެމުން ދާއިރު އެންމެ ބޮޑު ޖަރޭޓަރަށް މައްސަލަ ދިމާވެފައިވާ ކަމަށެވެ. ދެން އިން ދެ ޖެނެރޭޓަރުން މުޅި ރަށަށް ކަރަންޓް ފޯރުކޮށް ނުދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިގޮތަށް ދޭތެރެދޭތެރެއިން ކަރަންޓް ކެނޑުމުގެ ސަބަބުން ރައްޔިތުންގެ އަގުބޮޑެތި މުދަލަށް ގެއްލުންތަކެއް ވަމުންދާކަން ފާހަގަ ކުރަށްވާ މުޖުތަބާ ވިދާޅުވީ ގޭގޭގައި ހުންނަ އައިސް އަލަމާރި، ރައިސް ކުކަރު، އިސްތިރި ފަދަ ތަކެއްޗަށް ގެއްލުންވާ ކަމަށެވެ.  

އަދި ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް ބޭނުންވާ މާލެއިން ލިބެން ހުންނަ ސާމާނު މާދަމާ މާޅޮހަށް ގެންނާނެ ކަމަށާއި މިހާރުވެސް ފެނަކައިގެ މުވައްޒަފުން ޖެނެރޭޓަރު ހެދުމުގެ މަސައްކަތް ކުރަމުން ދާކަމަށް މުޖުތަބާ ވިދާޅުވިއެވެ.

މުޖުތަބާ އިތުރަށް ވިދާޅުވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ރަމަޟާން މަހުގެ ކުރިން އެރަށަށް ކުރި ޒިޔާރަތުގައި ރަމަޟާން މަހަށް ޖެނެރޭޓަރެއް މާޅޮހަށް ގެންނާނެ ކަމަށް ވިދާޅުވި ކަމަށާއި ނަމަވެސް މިހާތަނަށް ވެސް އެކަމުގެ ފެހި ސިގުނަލެއް ލިބިފައި ނުވާ ކަމަށެވެ.

މާޅޮހުގެ އާބާދީގައި 720 މީހުން އުޅޭއިރު ރަށުގައި ދިރިއުޅެނީ 500 އެއްހާ މީހުންނެވެ. ރަށުގެ ގިނަ ޒުވާނުން ރިސޯޓްތަކުގައި މަސައްކަތް ކުރަމުންދާއިރު އަންހެނުންގެ މައިގަނޑު މަސައްކަތަކީ ފަންގި ވިނުމެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
16 މެއި 2019 | ބުރާސްފަތި 07:03
ihaaru.
ސާމާނު އާކޮށްލުމުގެ ބަހަނާއެއްބާ ،އނިޔާވެރި ވެރިކަމެއް ތިކަހަލަ އެބޫސް އެއް ކުރިޔަކަނުދޭނެ، ސާލިހް ވެރިކަމެއްގަ ނާޖާއިޒް ފައިދާނެގޭނީ؟