ކ. މާލެ
|
15 މެއި 2019 | ބުދަ 19:52
ލީރޯއި ސާނޭ
ލީރޯއި ސާނޭ
ގެޓީ އިމޭޖަސް
ލީރޯއި ސާނޭ
ބަޔާނުން ސާނޭ ހޯދުމުގެ މަސައްކަތް ފަށައިފި
 
ސާނޭގެ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު

ބަޔާން މިއުނިކުން މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޖަރުމަންގެ މިޑްފިލްޑަރ ލީރޯއި ސާނޭ ހޯދުމުގެ މަސައްކަތް ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑެއިލީ ރެކޯޑްއިން ބުނީ، ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސާނޭ ހޯދުމަށް ބަޔާނުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ސިޓީއާއެކު ބަޔާނުން މަޝްވަރާތައް ވެސް ފަށާފައިވާ ކަމަށެވެ.

ސިޓީއާއެކު އުމުރުން 23 އަހަރުގެ ސާނޭ ހަދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާއިރު، އޭނާ ވިއްކާލަން ސިޓީން އޮތީ ތައްޔާރަށް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ބަޔާންގެ އިތުރުން ސާނޭ ހޯދުމަށް ސްޕެއިންގެ އަދި އިޓަލީގެ ކްލަބްތަކުން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ޝާލްކޭއިން 2013 ވަނަ އަހަރުގެ ސީޒަނުގައި ކެރިޔަރު ފެށި ސާނޭ ވަނީ އެ ކްލަބަށް ކުޅުނު 57 މެޗުގައި 13 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ އެ ކްލަބް ދޫކޮށް ސިޓީއަށް ބަދަލުވީ 2016 ވަނަ އަހަރުގެ ސީޒަނުގައެވެ.

އެގޮތުން ސާނޭ ވަނީ ސިޓީއަށް މިހާތަނަށް ކުޅުނު 131 މެޗުގައި 39 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގު ދެފަހަރު، ލީގު ކަޕް ދެފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް އެއްފަހަރު ކާމިޔާބު ކޮށްފައެވެ.

މީގެއިތުރުން ސާނޭ ވަނީ 2017 ވަނަ އަހަރުގެ ސީޒަނުގައި ޕްރިމިއާ ލީގުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ އިތުރުން ޖަރުމަން ގައުމީ ޓީމަށް މިހާތަނަށް 19 މެޗުގައި ތިން ލަނޑު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
50%
0%
0%
0%
50%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ