ކ. މާލެ
|
15 މެއި 2019 | ބުދަ 19:47
ހީނާ ޚާން އާއި ޕްރިޔާންކް ޝަރްމާ
ހީނާ ޚާން އާއި ޕްރިޔާންކް ޝަރްމާ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ހީނާ ޚާން ވީޑިއޯ ލަވައަކުން
މި ލަވަ އަކީ އަރްޖިތް ސިންގްގެ ލަވައެއް

ޓީވީ ތަރި އަދި "ބިގް ބޮސް 11" ގެ ބައިވެރިން ކަމަށްވާ ހީނާ ޚާން އާއި ޕްރިޔާންކް ޝަރްމާ އެކުގައި ވީޑިއޯ ލަވައަކުން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ދެމީހުން މި ވީޑިއޯ ލަވައިގައި ފެނިގެންދާނީ ދެމަފިރިންގެ ގޮތުގައި ކަމަށް މިހާރު ވައިރަލް ވެފައިވާ ވީޑިއޯތަކުން ފެނިގެންދެއެވެ.

ބައެއް ފޮޓޯތަކުގައި ކައިވެނީގެ ހެދުމުގައި ވެސް ދެމީހުން ފެނިގެން ދެއެވެ.

މި ދެތަރިން މި ލަވައިގެ ވީޑިއޯ ނަގަމުންދަނީ ދިއްލީ ގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

"ރާންޖަނާ" ގެ ނަމުން ނަން ދީފައިވާ މި ލަވަ އަކީ އަރްޖިތް ސިންގްގެ ލަވައެކެވެ.

މިދިޔަ ހަފްތާގައި ހީނާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ޕްރިޔަންކް އާއި ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމުގައި ހިއްސާ ކޮށްފައެވެ.

ބީޗެއްގައި ނަގާފައިވާ މި ފޮޓޯގައި ދެމީހުން ފެންނަނީ ދެމީހުން އަތުގައި ހިފައިގެން ތިއްބައެވެ.

މި ފޮޓޯއަކީ ފުރަގަހަށް އެނބުރި ތިއްބާ ނަގާފައިވާ ފޮޓޯއެކެވެ. މި ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ "ރަންޖާނާ" އެވެ.

ދާދި ފަހުން މުމްބާއީ މިރޯ އަށް ދިން އިންޓަވިއުގައި ހީނާ ބުނެފައިވަނީ އަރްޖިތްގެ އަޑު އޭނާއަށް ވަރަށް ކަމުދާ ކަމަށެވެ. އަދި ލަވަގެ މުޅި ކޮންސެޕްޓް ވެސް ވަރަށް ތަފާތު ކަމަށް ހީނާ ވަނީ ބުނެފައެވެ.

ހީނާ ވަނީ ސްޓާ ޕްލަސް އިން ދައްކަމުންދާ "ކަސައިޓީ ޒިންދަގީކީ 2" ގައި ކޮމޯލިކާގެ ރޯލުން އޭނާ ފެނިގެންދާ އެންމެ ފަހު އެޕިސޯޑް ދާދި ފަހުން ޝޫޓް ކޮށްފައެވެ.

ހީނާ ކުޅެފައިވާ ކުރު ފިލްމް "ލައިންސް" ވަރަށް 72 ވަނަ ކާންސް ފިލްމް ފެސްޓިވަލް ގައި މިމަހުގެ 17 ގައި ޕްރިމިއަރ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް