ކ. މާލެ
|
15 މެއި 2019 | ބުދަ 19:44
ރައީސް ސިރިސޭނާ(ވ) އަދި ރައީސް ޝީ ޖިންޕިންގ
ރައީސް ސިރިސޭނާ(ވ) އަދި ރައީސް ޝީ ޖިންޕިންގ
ދި ހިންދޫ
ސްރީ ލަންކާ
ޗައިނާއާއެކު ލަންކާއިން އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
 
ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމަށްވެސް ޗައިނާއިންވަނީ ނިންމާފައި

ސްރީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ޗައިނާ ސަރުކާރާއެކު އިތުރު އެއްބަސްވުންތަކެއްގައި އަންގާރަ ދުވަހު ސޮއި ކުރައްވައިފިއެވެ.

ރައީސް މައިތިރިޕާލާ ސިރިސޭނާ ސޮއިކުރެއްވި އެއްބަސްވުތަކުގެ ތެރޭގައި އިންފްރާ ސްޓްރަކްޗަރ ބޮޑެތި އިންވެސްޓްމަންޓްތަކުގެ އިތުރުން ގައުމީ ސަލާމަތާ ގުޅޭ އެެއްބަސްވުންތައް ވެސް ހިމެނެއެވެ.

ޗައިނާގެ ރައީސް ޝީ ޖިން ޕިން ވަނީ ސްރީލަންކާއިން ޓެރެރިޒމް ފޮހެލުމަށާއި ގައުމީސަލާމަަތަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ސިރިސެނާއަށް އަރުވާފައެވެ.

ދެ ބޭފުޅުންގެ ބައްދަލުވުން ބާއްވާފައިވަނީ އަންގާރަ ދުވަހު ހަވީރު ޗައިނާގެ ރައީސްގެ ރަސްމީ ގެކޮޅުގައެވެ.

ޗައިނާއިން ވަނީ ލަންކާގެ ކުއްލިހާލަތުގައި ސަލާމަތީ ބާރުތަކުން ހިންގި ހަރަކާތްތަކަށް މާލީ އެހީހެއްގެ ގޮތުގައި 2.6 ބިލިއަން ރުޕީސް ދެއްވުމަށް ރައީސް ސިރިސެނާ އެދިވަޑައިގަތް އެދިވަޑައިގަތުމާ ގުޅިގެން އެ އެހީ ހަމަޖައްސަވާ ދެއްވާފައެވެ.

މީގެ އިތުރުން ލަންކާގެ ފުލުހުންގެ ޑިޕާޓްމަންޓަށް 100 ޖީޕް ދިނުމަށް ޗައިނާގެ ރައީސް ނިންމެވިކަމަށް ވެސް ރިޔާސީ ގަނޑުވަރުގެ މީޑިއާއިން ބުނެފައިވެއެވެ. މި ތަކެތީގެ ޖުމްލަ އަގު 1.5 ބިލިއަން ރުޕީސްއަށް އަރައެވެ.

ޗައިނާގެ ރައީސް ވަނީ ޓެރެރިޒަމްގެ އަމަލުތައް ކުށްވެރިކުރައްވާކަން ފާހަގަކުރައްވައި އޭޕްރީލް މަހުގެ 21 ވަަނަ ދުވަހު ލަންކާގައި ދިން ހަމަލާތަކުގެ ގެއްލުން ލިބުނު ފަރާތްތަކަށް ތައުޒިޔާ ވިދާޅުވެފައެވެ. ރައީސް ޝީ ވަނީ އެ ހަމަލާއަށް ފަހު ސްރީލަންކާ އާރާސްތުކުރުމަށް ކުރާ މަސައްކަތުގައި އެހީ ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
75%
0%
0%
25%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ