ކ. މާލެ
|
15 މެއި 2019 | ބުދަ 10:32
އެމެރިކާގެ އެއަރކްރާފްޓް ކެރިއަރު އެސްއެސް އަބްރަހަމް ލިންކަން
އެމެރިކާގެ އެއަރކްރާފްޓް ކެރިއަރު އެސްއެސް އަބްރަހަމް ލިންކަން
އޭޕީ
މެދުއިރުމަތީގެ މައްސަލަ
އިރާނަށް އިންޒާރެއް ދިނުމަށް މެދުއިރުމައްޗަށް 120،000 ސިފައިން ފޮނުވަނީ: ރިޕޯޓް
 
ދެ ގައުމުގެ ގުޅުން އޮތީ ވަރަށް ހީނަރުވެފައި
 
ސިފައިން ފޮނުވާނެ ވަކި އިރެއް ނުނިންމާ، ދުވަސް ނަގާނެ ކަމަށް ބެލެވޭ

އިރާނަށް އިންޒާރެއް ދިނުމުގެ ގޮތުން، މެދުއިރުމައްޗަށް އެމެރިކާގެ 120،000 ސިފައިން ފޮނުވަން ވައިޓް ހައުސްއިން މަޝްވަރާކޮށްފި ކަމަށް ނިއު ޔޯކް ޓައިމްސް އިން ރިޕޯޓުކޮށްފި އެވެ.

އީރާނުން އެމެރިކާގެ ފައުޖުތަކަށް ހަމަލާ ދީފާނެތީ ނުވަތަ ނިއުކްލިއާ ހަތިޔާރު އުފައްދަފާނެކަމުގެ ބިރު އެބައޮތް ކަމަށް ބުނެ، އީރާނާ ދެކޮޅަށް އާ ޑިފެންސް ޕްލޭނެއް ހުށައެޅުއްވީ އެކްޓިން ޑިފެންސް ސެކްޓްރީ ޕެޓްރިކް ޝެނެހޭންއެވެ. އެ މަޝްވަރާތަކުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން އާއި ސީއައިއޭގެ ޑިރެކްޓަރު ޖީނާ ހެސްޕެލް އަދި ޑިރެކްޓަރ އޮފް ނެޝަނަލް އިންޓެލިޖެންސް ޑޭން ކޯޓްސް ހިމެނެއެވެ.

ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޝެނެހޭން މި ޕްލޭން ހުށައެޅުއްވި ނަމަވެސް، މި ރޭވުންތަކުގެ ހަގީގީ މޭސްތިރިއަކީ ޖޯން ބޯލްޓަންއެވެ. އޭނާއަކީ މީގެ ކުރިން ވެސް އީރާނަށް ހަމަލާދިނުމަށް ފާޅުގައި ގޮވާލައްވާފައިވާ ބޭފުޅެކެވެ.

އީރާނުގެ ނިއުކްލިއާ ހަރަކާތްތައް ހުއްޓުވުމަށް 2015 ވަނަ އަހަރު ދުނިޔޭގެ ބާރުތަކުން އީރާނާ އެކު ހެދި އެއްބަސްވުމުން އެމެރިކާ ވަކިވި ފަހުން ދެގައުމުގެ ގުޅުން ވަނީ ގޯސްވެފަ އެވެ. އޭގެ ފަހުން އެމެރިކާ އިން ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އަދި ދާދި ފަހުން އެމެރިކާ އިން ވަނީ ގަލްފަށް ބީ 52 މަރުކާގެ ބޮންއަޅާ ބޯޓުތަކާއި މަތިންދާބޯޓު އުފުލާ މަނަވަރެއް ކަމަށްވާ އެސް އެސް އަބްރަހަމް ލިންކަން އާއި ޕޭޓްރިއޮޓް މިސައިލް ޑިފެންސް ސިސްޓަމެއް ސައުދީ އާއި ޔޫއޭއީއަށް ފޮނުވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
7%
0%
0%
93%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ