ކ. މާލެ
|
15 މެއި 2019 | ބުދަ 10:54
ހަމަލާދީފައިވާ ނޯވޭގެ ޓޭންކަރުގެ ހަލްގައި ލޯވަޅެއް އެޅިފައި
ހަމަލާދީފައިވާ ނޯވޭގެ ޓޭންކަރުގެ ހަލްގައި ލޯވަޅެއް އެޅިފައި
އޭއެފްޕީ
ތެޔޮ ޓޭންކަރުތަކަށް ހަމަލާ ދިނުން
ޓޭންކަރުތަކަށް ދިން ހަމަލާއާ އެކު މެދުއިރުމަތީގައި ހަނގުރާމައެއްގެ ބިރުވެރިކަން!
 
މި ކަނޑުއޮޅިން ދުނިޔޭގެ އުފައްދާ ތެލާއި ގުދުރަތީ ގޭހުގެ 20 އިންސައްތަ އުފުލާ
 
ހަމަލާދިނީ އީރާނުން ކަމަށް ތުހުމަތުކޮށްފައިވޭ

ސައުދީ އާއި ޔޫއޭއީގެ ތެޔޮ އުފުލާ ބޯޓުތަކަށް ދިން ހަމަލާތަކާ އެކު، މެދު އިރުމަތީގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

ހޮރުމޫޒު ކަނޑުއޮޅީގައި އޮންނަ ފުޖައިރާ ބޭރުގައި އޮތް ހަތަރު އުޅަނދަކަށް ހަމަލާދިނީ އާދިއްތަ ދުވަހުގައެވެ. ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާ އިރު، ހަމަލާގެ ސަބަބުން ބޯޓުތަކުން ނުރައްކާތެރި ކެމިކަލެއް ވެސް ނުފައިބާ ކަމަށް ޔޫއޭއީގެ ހާރިޖީ ވުޒާރާއިން ބުނެފައި ވެއެވެ.

ހަމަލާ ދިން ބޯޓުތަކަކީ ސައުދީގެ "އަލް-މަރްޒޮގާ" އަދި "އަމްޖަދް" ނަމަކަށް ކިޔާ ޓޭންކަރުތަކަކަށާއި، ނޯވޭގެ "އަންޑްރެއާ ވިކްޓްރީ" ޓޭންކަރަށާއި ޔޫއޭއީގެ ބަންކަރިން ބާޖެއް ކަމުގައިވާ "ދަ އޭ މިޝޭލް" އަށެވެ. ނޯވޭގެ ބޯޓު ހިންގާ ތޯމް ގްރޫޕުން ބުނީ ފެނުން މަތިން ޖެހުނު ގޮތް ނޭނގޭ އެއްޗެއްގެ ސަބަބުން، ބޯޓުގެ މައިގަނޑުގައި ލޯވަޅެއް އެޅިފައިވާ ކަމަށެވެ. ސައުދީ ޓޭންކަރުތަކުގެ މައިގަނޑަށް ވެސް ގެއްލުން ލިބުނު ކަމަށް ސައުދީން ރިޕޯޓްކޮށްފައި ވެއެވެ.

އެއްވެސް ގައުމަކުން އަދި ރަސްމީ ސިފައެއްގައި މި ހަމަލާގެ ޒިންމާ އެއްވެސް ބައެއްގެ ބޮލުގައި އަޅުވާފައި ނުވާއިރު، ނުރަސްމީ މަސްދަރުތަކުން ބުނެފައި ވަނީ ހަމަލާގެ ފަހަތުގައި އޮތީ އީރާނުގެ އަތެއް ކަމަށެވެ. އަދި މިއީ ހޮރުމޫޒު ކަނޑުއޮޅިން ތެޔޮ ހިފައިގެން ދަތުރުކުރާ ޓޭންކަރުތަކަށް އިންޒާރު ދިނުމުގެ ގޮތުން ހިންގި ފިނޑި އަމަލެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ސިފަކޮށްފައި ވެއެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި، މި ހަމަލާއާ ގުޅިގެން ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވާނެ ކަމަށް ބެލެވެއެވެ. މީގެ ކުރިން ވެސް ތަފާތު އެތައް ފަހަރެއްގެ މަތިން އެ ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު އީރާނުން ދީފައިވެއެވެ. ދުނިޔޭގައި އުފައްދާ ތެލާއި ނެޗުރަލް ގޭސްގެ 20 އިންސައްތަ ދަތުރުކުރަނީ ހޮރުމޫޒު ކަނޑުއޮޅިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
50%
0%
50%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ