ކ. މާލެ
|
15 މެއި 2019 | ބުދަ 10:52
ޓްރަމްޕް ދެއްވި ރޯދަވީއްލުމުގެ ތެރެއިން
ޓްރަމްޕް ދެއްވި ރޯދަވީއްލުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
ވައިޓްހައުސްގެ ރޯދަވީއްލުން
ޓްރަމްޕް ވައިޓް ހައުސްގައި ރޯދަވީއްލުމެއް ދެއްވައިފި
 
ރަމަޟާންމަހު ވައިޓްހައުސްގައި އެމެރިކާގެ ރައިސް ރޯދަވީއްލުމެއް ދެއްވާ
 
ރަމަޟާން މަހަކީ ސުލްހަ މަސަލަސް ކަން ގާއިމު ކުރުމުގެ މައްސަރެއް

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމް ވައިޓް ހައުސްގައި އުޅޭ މުސްލިމުންނަށް ރޯދަވީއްލުމެއް ދެއްވައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ވައިޓް ހައުސްގެ ސްޓޭޓް ޑައިނިން ރޫމްގައި އޮތް މި އިފްތާރުގައި ޓްރަމްޕް ވިދާޅުވީ ރަމަޟާން މަހަކީ ސުލްހަ މަސަލަސް ކަން ގާއިމު ކުރުމުގެ އިތުރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މައްސަރެއް ކަމަށެވެ. އަދި އާއިލާތަކާއި އަވައްޓެރިންނާއި މުޅިމުޖުތަމައު އެކުވެރިކޮށްދޭ މައްސަރެއް ކަމަށެވެ.

މީގެ އިތުރުން ވެސް މި އަހަރަކީ މުސްލިމުން ހިތާމަ އާއި ކުރިމަތިލާން ޖެހިފައިވާ އަހަރެއްކަން ފާހަގަ ކުރައްވާ ޓްރަމްޕް ވިދާޅުވީ ނިއުޒިލޭންޑްގައި އެތައް ބަޔަކު ކުށަކާ ނުލާ މަރާލާފައި ވާކަމަށާއި އަދި ލަންކާގައި ވެސް މުސްލިމުން މަރުވެފައި ވާކަމަށެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވެފައި ވަނީ ވަކި ދީނަކަށް ތަބާވާތީ ޖައްސާލަން ނުޖެހޭ ކަމަށާއި އެމެރިކާއަކީ ބޭނުން ދީނަކަށް އުޅުމުގެ ފުރުސަތު އޮންނަ ގައުމަކަށް ވާތީ ފަޚުރުވެރި ވާކަމަށެވެ.

ޓްރަމްޕް ދެއްވި މި އިފްތާރުގައި ގިނަ އަދަދެއްގެ އެމްބެސަޑަރުންނާއި އެމެރިކާގައި އުޅޭ އެހެނިހެން މުސްލިމް ގައުމުތައް ތަމްސީލު ކުރައްވާ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮންމެ ރަމަޟާންމަހަކު ވައިޓްހައުސްގައި އެމެރިކާގެ ރައީސް ރޯދަވީއްލުމެއް ދެއްވާކަން ފާހަގަ ކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ