ކ. މާލެ
|
14 މެއި 2019 | އަންގާރަ 21:05
ލަންކާގެ ރައީސް ސިރިސޭނާ. ތައުހީދު ހިމެނޭގޮތަށް ދީނީ ތިން ޖަމާއަތް ލަންކާގައި ވަނީ މަނާ ކޮށްފައި
ލަންކާގެ ރައީސް ސިރިސޭނާ. ތައުހީދު ހިމެނޭގޮތަށް ދީނީ ތިން ޖަމާއަތް ލަންކާގައި ވަނީ މަނާ ކޮށްފައި
ހިންދުސްތާނީ ޓައިމްސް
ސްރީލަންކާ
ތައުހީދު ހިމެނޭގޮތަށް ދީނީ ތިން ޖަމާއަތް ލަންކާގައި މަނާކޮށްފި
 
ލަންކާއަށް ދިން ހަމަލާތަކުގައި 250އަށް ވުރެ ގިނަ މީހުން މަރުވި

ނެޝަނަލް ތައުހީދު ޖަމާއަތް(އެންޓީޖޭ) ހިމެނޭގޮތަށް ލަންކާގައި ތިން ޖަމާއަތް މަނާ ކޮށްފިއެވެ.

ލަންކާގައި މަނާކުރި ތިން ޖަމާއަތަކީ ތައުހީދު ޖަމާއަތުގެ އިތުރުން  ޖަމާއައްތެ މިއްލާތެ އިބްރާހީމް އަދި ވިލާޔަތު އަސް ސޭލާނި އެވެ.

އެ ތިން ޖަމާއަތް ލަންކާގައި މަނާ ކޮށްފައި ވަނީ މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެންނެވެ. ލަންކާ ސަރުކާރުން ބުނެފައިވަނީ ބޮމުގެ ހަމަލާތައް ދީފައިވަނީ ނެޝަނަލް ތައުހީދު ޖަމާއަތުން ކަން ތަހުގީގުން ހާމަ ވާކަމަށެވެ. ދެން މަނާ ކުރި ދެ ޖަމާއަތް އެ ހަމަލާތަކުގައި ބައިވެރިވި ކަމެއް ނުވަތަ ބައިވެރިވެފައިވަނީ ކިހާ މިންވަރަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ލަންކާއަށް ދިން ހަމަލާތަކުގައި 250އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އެހަމަލާ ތަކުގައި އެތައް ބަޔަކު ޒަޚަމްވިއެވެ. އެހަމަލާތަކާއި ގުޅިގެން ލަންކާއިން ބޭރުގެ ގައުމުތަކުގެ 600 މީހުން ވަނީ އެގައުމުން ބޭރުކޮށްފައެވެ.

މިދިޔަ މަހު ދިން ބޮން ގޮއްވުމުގެ ހަމަލާތަކާއެކު ލަންކާގައި  ވަނީ ދީނީ ހަމަނުޖެހުންތައް ބޮޑުވެފައެވެ. އެގޮތުން ދީނީ ހަމަނުޖެހުންތައް ބޮޑުވެ ލަންކާގެ ނޯތު ވެސްޓަން ޕްރޮވިންސްގެ މުސްލިމު ހިސާބުތަކުގައި އުޅޭ މީހުންގެ ފިހާރަތަކަށް ވަނީ ގެއްލުން ދީފައެވެ.އެގޮތުން އެސަރަހައްދުގައި އުޅޭ މުސްލިމުންގެ ކާރުތަކަށާއި ސައިކަލްތަކުގައި ވަނީ ރޯކޮށްލާފައެވެ. މީގެ އިތުރުން މުސްލިމުންގެ މިސްކިތްތަކަށް ވަނީ ހަމަލާ ދީފައެވެ. މި ހަމަނުޖެހުންތަކުގައި 45 އަހަރުގެ މުސްލިމު ފިރިހެނަކު ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ.

ލަންކާގައ ހޯމަދުވަހުގެ ރޭ އިއުލާންކުރި ކާފިއު އެރޭ ފަތިހު އުވާލި ނަމަވެސް އަންގާރަ ދުވަހުގެ ރޭ ވެސް ވަނީ ރޭގަނޑު 9 އިން ފަތިހު 4 އަށް ކާފިއު އިއުލާން ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ޝާނީ
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ