ކ. މާލެ
|
14 މެއި 2019 | އަންގާރަ 21:01
މަސްޖިދުލް ހުދާއަށް ހަމަލާދީފައިވަނިކޮށް މުސްލިމް ފިރިހެނަކު އެތަނުގެ ތެރޭ ހުއްޓިލައިގެން
މަސްޖިދުލް ހުދާއަށް ހަމަލާދީފައިވަނިކޮށް މުސްލިމް ފިރިހެނަކު އެތަނުގެ ތެރޭ ހުއްޓިލައިގެން
ރޮއިޓަރސް
ލަންކާ އަށް ދިން ހަމަލާ
މުސްލިމުންނަށް ދޭ ހަމަލާތައް އިތުރުވެ ސްރީ ލަންކާގެ ކަރފިއު މުއްދަތު އިތުރުކޮށްފި
 
މުސްލިމް އެކަކު މަރުވެފައިވާއިރު ފިހާރަތަކުގައި ވަނީ ހުޅުޖަހާފައި

އީސްޓަރ ސަންޑޭގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު ސްރީލަންކާގައި މުސްލިމުންނާ ދެކޮޅަށް ދެވޭ ހަަމަލާތައް އިތުރުވެ ޖެހިޖެހިގެން ދެވަނަ ރޭ މުޅި ގައުުމުގައި ކަރފިއު އިއުލާނު ކޮށްފިއެވެ.

ހޯމަ ދުވަހު ދިން ހަމަލާތަކުގައި މުސްލިމު ފިރެހެނެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލައި މުސްލިމުންގެ ފިހާރަތަކުގައި ރޯކޮށް މިސްކިތަކަށް ގެއްލުންދީފައިވެއެވެ.

ފުލުހުންވަނީ ކަނާތު ފިޔައިގެ ބުޑިސްޓް ގްރޫޕެއްގެ ލީޑަރު ހިމެނޭގޮތަށް 60 މީހަކު ހައްޔަރު ކޮށްފައެވެ.

އދން ވަނީ ރުޅިވެރިކަން ނައްތާލައި ހަމަޖެހުން ގެނައުމަށް ގޮވާލާފައެވެ.

ދެވަނަ ރެއަކަށް ކަރފިއު އިއުލާނުކޮށްފައިވާއިރު އަންގާރަ ދުވަހުގެ ރޭ 9ން ފެށިގެން ކަރފިއު ކުރިޔަށް ގެންދާނެއެވެ.

ހަމަނުޖެހުންތައް އެންމެ ބޮޑުވި ހުޅަނގު އުތުރުގެ ޕްރޮވިންސް ދިގު މުއްދަތަކަށް ބަންދުކުރެވިގެންދާނެކަމަށް ފުލުހުން ބުނެއެވެ.

ވެރިރަށް ކޮލަމްބޯގެ އުތުރުން އޮންނަ އެ ސަރަހައްދުގައި އެތައް ޓައުންތަކެއްގައި މުސްލިމުންނަށް ހަމަލާދެމުންދިޔައިރު މީހުންތައް ފޮނުވާލުމަށް ފުލުހުން ވައިގެ ތެރެއަށް ބަޑިވެސް ޖަހާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އީސާއީ ދީނުގެ ތިން ފައްޅިއަކަށާއި މަތީ ފަންތީގެ ތިން ހޮޓަލަކަށް ހަމަލާދީ 250 އަށްވުރެ ގިނަ މީހުން މަރާލި ހާދިސާއަށްފަހު އެ ގައުމުގައި ހަމަނުޖެހުންވަނި ބޮޑުވެފައެވެ.

ސްރީލަންކާގައި ހުންނަ އދގެ އޮފީހުންވަނީ ހާލަތު އިތުރަށް ގޯސްވެގެން ނުދާނެކަން ކަށަވަރު ކުރުމަށް އެ ގައުމުގެ އިދާރާތަކަށް ގޮވާލާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
100%
0%
0%
0%
0%
0%
ކޮމެންޓް