މަސް މާރުކޭޓްގައި ފަރުމަހުގެ އަގު ދަށްވެއްޖެއެވެ.
އަންގާރަ ދުވަހު މަސް މާރުކޭޓްގައި ލަނޑާ ހުރީ 10 ރުފިޔާ، 40 ރުފިޔާ އަދި 50 ރުފިޔާ އަށެވެ. ގުރުވާމަސް ހުރީ 25 އަދި 30 ރުފިޔާ އާއި ދެމެދުގެ އަގެއްގައެވެ. ތޮޅި 20 ރުފިޔާ އަށް ހުރިއިރު،މާނިޔާމަސް ހުރީ 50 ރުފިޔާ، 40 ރުފިޔާ އަދި 30 ރުފިޔާ އަށެވެ.
ފިލޮޅު ހުރީ 60 ރުފިޔާ އާއި 70 ރުފިޔާ އާއި ދެމެދުގެ އަގެއްގައެވެ. ގިނިމަސް ހުރީ 15 އަށެވެ. ރެހި ބާޒާރުގައި ހުރީ 20 ރުފިޔާޢަށް ޖޯޑެކެވެ. މަސް މާރުކޭޓް ކެޔޮޅުން ބުނީ ފަރުމަހުގެ އަގު ދަށްވެގެން އުޅެނީ މާރުކޭޓްގައި ފަރުމަސް ގިނަވުމުގެ ސަބަބުން ކަމަށެވެ.
ބާޒާރުގައި ރަތްމަހުގެ އަގު އުފުލިފައިވާއިރު، ރަތް މަސް މާރުކޭޓްގައި ހުރީ ވަރަށް މަދުންނެވެ. ރަތްމަހުގެ އަގު އުފުލިފައިވަނީ ހޫނު ގަދަވުމުގެ ސަބަބުން ރަތް މަސް ބޭނޭލެއް މަދުވުމުގެ ސަބަބުން ކަމަށް މަސްމާރުކޭޓްގެ ކެޔޮޅުން ވަނީ ބުނެފައެވެ.
ބާޒާރުގައި ރޯ މަހުގެ އަގުވެސް ވަނީ ކޮންމެވެސް ވަރަކަށް އުފުލިފައެވެ. ގޮދާ ހުރީ 40 ރުފިޔާއަށް ކިލޯއެކެވެ. ކަންނެލި ހުރީ 35 ރުފިޔާއަށް ކިލޯއެކެއެވެ.