Advertisement
ކ. މާލެ
|
14 މެއި 2019 | އަންގާރަ 15:05
ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންތަކެއް
ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންތަކެއް
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކަސްޓަމަރުންނަށް އޮންލައިންކޮށް ބިލްދެއްކޭނެ ނިޒާމެއް ޤާއިމްކުރަނީ!
ފެނަކަކޯޕަރޭޝަންގެ ކަސްޓަމަރުން މިހާރު ބިލް ދައްކަންޖެހެނީ އެ ކުންފުނީގެ އެކި ބްރާންޗްްތަކަށް

ފެނަކަ ކަސްޓަމަރުންނަށް އޮންލައިންކޮށް ބިލްދެއްކޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޓްވިޓަރ މެދުވެރިކޮށް ކަސްޓަމަރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައީދު ވިދާޅުވީ ވަރަށް އަވަހަށް ފެނަކައިގެ ކަސްޓަމަރުންނަށް އޮންލައިންކޮށް ބިިލް ދެއްކޭނެ ނިޒާމެއް ޤާއިމްވެގެންދާނެ ކަމަށެވެ. އަދި އެކަމަށް މިހާރު މަސައްކަތްކުރަމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ. 

ފެނަކަ ކޯޕަރޭޝަންގެ ކަސްޓަމަރުން މިހާރު ބިލް ދައްކަންޖެހެނީ އެ ކުންފުނީގެ އެކި ބްރާންޗްްތަކަށެވެ. 

ފެނަކަ ކޯޕަރޭޝަނުން އަންނަނީ އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ދިމާވާ މައްސަލަތައް ވެސް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ނިމިދިޔަ ހަފްތާގެ ތެރޭގައިވެސް ބައެއް ރަށްރަށަށް އައު ޖަނެރޭޓަރު ފޮނުވާފަ އެވެ. އެ ކުންފިން މަސައްކަތްކުރަނީ މައްސަލަތައް ދިމާވާ ރަށްރަށުގެ މައްސަލަތައް ހައްލުކޮށް، ފުރިހަމަ ހިދުމަތެއް ދިނުމަށެވެ. 

ފެނަކަ ކޯޕަރޭޝަނަކީ ކުރިން ހިންގި ޔޫޓިލިޓީސް ކުންފުނިތައް އެއްކޮށްލުމަށްފަހު، އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނިން ހިދުމަތްދެނީ އަތޮޅުތެރޭގެ ރަށްރަށުގެ ފެނާއި، ކަރަންޓުގެ ހިދުމަތް ދިނުމުގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް