ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 15:19
އަސްގަރް ފަރްހާދީ: "ދަ ސޭލްސްމަން" އަށް ލިބުނު އޮސްކާ އަށް ހަވާޅުވުމަށް ހާޒިވުވެފައެއް ނުވޭ --
އަސްގަރް ފަރްހާދީ: "ދަ ސޭލްސްމަން" އަށް ލިބުނު އޮސްކާ އަށް ހަވާޅުވުމަށް ހާޒިވުވެފައެއް ނުވޭ --
ގޫގުލް
އޮސްކާ އެވޯޑް 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރާއި ދެކޮޅަށް އިހްތިޖާޖްކުރި އިރާންގެ ފިލްމު ޑިރެކްޓަރަށް އޮސްކާ އެވޯޑް ލިބިއްޖެ
 
ފަރްހާދީގެ ބަދަލުގައި އޮސްކާއާއި ހަވާލުވެފައިވަނީ އިރާނަށް ނިސްބަތްވާ އިންޖިނިއަރެއް ކަމަށްވާ އަނޫޝާ އަންސާރީ
 
"ދަ ސޭލްސްމަން" އަށް އޮސްކާ ލިބިފައިވަނީ "ބެސްޓް ފޮރިން ލެންގުއޭޖް ފިލްމް" ކެޓަގަރީ އިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިމިގްރޭޝަން ގަރާރާއި ދެކޮޅަށް އިހްތިޖާޖްކުރި އިރާންގެ ފިލްމު ޑިރެކްޓަރ އަސްގަރް ފަރްހާދީއަށް އޮސްކާ އެވޯޑް ލިބިއްޖެ އެވެ.

ފަރްހާދީ އަށް އެވޯޑް ލިބިފައިވަނީ "ބެސްޓް ފޮރިން ލެންގުއޭޖް ފިލްމް" ކެޓަގަރީ އިން އޭނާ ޑިރެކްޓް ކޮށްފައިވާ "ދަ ސޭލްސްމަން" ފިލްމަށެވެ. މިއީ، ފަރްހާދީއަށް ލިބުނު ދެވަނަ އޮސްކާ އެވެ.

ފަރްހާދީ ވަނީ ޓްރަމްޕްގެ ގަރާރާއި ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން އޮސްކާ އެވޯޑް ބޯއިކޮޓް ކޮށްފަ އެވެ.

ފަރްހާދީގެ ބަދަލުގައި އޮސްކާއާއި ހަވާލުވެފައިވަނީ އިރާނަށް ނިސްބަތްވާ އިންޖިނިއަރެއް ކަމަށްވާ އަނޫޝާ އަންސާރީ އެވެ. އަންސާރީ ވަނީ ފަރްހާދީގެ ބަޔާނެއް އިއްވާފަ އެވެ.

ފަރްހާދީގެ ބަޔާނުގައި ބުނެފައިވަނީ އޭނާ އޮސްކާއަށް ހާޒިރުނުވީ އޭނާގެ ގައުމުގެ ރައްޔިތުންނަށް އިހްތިރާމްކުރުމުގެ ގޮތުން ކަމަށެވެ. އަދި، ޓްރަމްޕްގެ ގަރާރަކީ ލާއިންސާނީ ގަރާރެއް ކަމަށާއި އެއީ ބައިބައިވުމާއި ނުތަނަވަސްކަމަށް ފުރުސަތުދޭ ގަރާރެއް ކަމަށް ވެސް އޭނާ ފާހަގަކޮށްފައިވެ އެވެ.

ފަރްހާދީ ބުނީ ފިލްމު އުފައްދާ މީހުންނަކީ އިންސާނިއްޔަތު ދައްކުވައިދެވޭނެ ބައެއް ކަމަށާއި އެކި ކަންކަމާއި މެދު ގަބޫލުކުރެވޭ ގަބޫލުކުރުންތައް ބަދަލުކުރުމުގެ ބާރު ލިބިފައިވާ ބައެއް ކަމަށެވެ. އަދި، ފިލްމު އުފައްދާ މީހުންގެ ދައުރު މިއަދު ވަރަށް ވެސް މުހިންމު ކަމަށް ވެސް އޭނާ ބުންޏެވެ.

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް އަމަލުކުރުން ވަގުތީ އަމުރަކުން ހުއްޓުވާފައިވީ ނަމަވެސް، ފަރްހާދީ ވަނީ އެމެރިކާއަށް އެތެރެނުވުމަށް ނިންމާ އެކަން އިއުލާންކޮށްފަ އެވެ.

ދެހާސްބާރަ ވަނަ އަހަރު ފަރްހާދީގެ "އަ ސެޕަރޭޝަން" އަށް ލިބުނު އޮސްކާ އޭނާ ވަނީ އިރާންގެ ރައްޔިތުންނަށް ހަދިޔާކޮށްފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޖުމާނާ ތައުފީގު
0%
0%
0%
0%
0%
0%
ކޮމެންޓް