ކ. މާލެ
|
14 މެއި 2019 | އަންގާރަ 08:45
އެޑެން ހަަޒާޑް
އެޑެން ހަަޒާޑް
ގެޓީ އިމޭޖަސް
އެޑެން ހަޒާޑް
ކުރިމަގާމެދު ގޮތެއް ނިންމައިފިން: ހަޒާޑް
 
ހަޒާޑްގެ އެއްބަސްވުން ހަމަވާނީ 2020 ވަނަ އަހަރު

ކުރިމަގާމެދު ގޮތެއް ނިންމާފައިވާ ކަމަށް ޗެލްސީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމަތު ދެމުން ހަޒާޑް ބުނީ، ހަފްތާތަކެއް ކުރިން ކުރިމަގާމެދު ގޮތެއް ނިންމާފައިވާ ކަމަށާއި، އެކަން ކްލަބާވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ.

އުމުރުން 28 އަހަރުގެ ހަޒާޑް ބުނީ، ޗެލްސީއާއެކު ޔޫރޮޕާ ލީގު ފައިނަލް ކުޅެން ޖެހޭ ކަމަށާއި، މިވަގުތު ހުރިހާވެސް ވިސްނުމެއް ހުރީ އެކަމަށް ކަމަށެވެ. ނަމަވެސް އޭނާ ބުނީ، ފައިނަލް މެޗަށްފަހު އޭނާ ނިންމި ގޮތް އެނގިގެންދާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ހަޒާޑް ބޭނުންވަނީ މި ސީޒަނަށްފަހު، ޗެލްސީ ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވާށެވެ. އަދި ޗެލްސީންވެސް އޭނާ ބޮޑު އަގުގައި ރެއާލްއަށް ވިއްކާލަން ތައްޔާރެވެ.

ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ހަޒާޑް ބުނީ އެއްބަސްވުން ކުރިޔަށް އޮތް ދުވަސްތަކުގައި އާނުކުރެވިއްޖެ ނަމަ އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި، އަމިއްލަ އަށް ކްލަބް ދޫކޮށްލުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.

ރެއާލްގެ އިތުރުން ވެސް ގިނަ ކްލަބްތަކުން އަންނަނީ ހަޒާޑް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އިޓަލީ އަދި ޖަރުމަންގެ ކްލަބްތައް ވެސް ހިމެނެއެވެ. ޗެލްސީއާ އެކު ހަޒާޑް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2020 ވަނަ އަހަރެވެ.

ފްރާންސްގެ ލިއްލޭ އިން ކެރިޔަރު ފެށި ހަޒާޑް ވަނީ އެ ޓީމަށް ކުޅުނު 194 މެޗުގައި 50 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ޗެލްސީއަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭނާ ވަނީ ޗެލްސީއަށް މިހާތަނަށް ކުޅުނު 351 މެޗުގައި 108 ލަނޑު ކާމިޔާބުކޮށްފައެވެ.

ޗެލްސީއާ އެކު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައިވާ ހަޒާޑް ވަނީ އެ ޓީމާ އެކު ޕްރިމިއާ ލީގު ދެ ފަހަރު އަދި ފުޓްބޯލް ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ބެލްޖިއަމް ގައުމީ ޓީމަށް ކުޅުނު 100 މެޗުގައި 30 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ