Advertisement
ކ. މާލެ
|
14 މެއި 2019 | އަންގާރަ 03:52
ހާރޫން އަހުމަދު (ޖޮނީ)
ހާރޫން އަހުމަދު (ޖޮނީ)
ފޭސްބުކް
ހާރޫން އަހުމަދު (ޖޮނީ)
ކޮމީޑިއަން ޖޮނީ މަރުވެއްޖެ
ހާރޫން މަރުވީ އުމުރުން 72 އަހަރުގައި

ކުރިން ދިވެހި ފިލްމުތަކާއި ޑްރާމާތަކުގެ ހެއްވާ މަޖާ ރޯލުތަކުން ފެނުނު އެކްޓަރު މއ. ސީރިޔަޒް، ހާރޫން އަހުމަދު (ޖޮނީ) މަރުވެއްޖެއެވެ.

ހާރޫންގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ ހޯމަ ދުވަހުގެ ރޭ ފަތިސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.

އުމުރުން 72 އަހަރުގެ ހާރޫން ވަނީ ޔޫސުފް ރަފީއު (ޔޫސޭ) ގެ ހެއްވާ މަޖާ ފިލްމުތައް ކުޅެފައެވެ.

ޖޮނީގެ ނަމުން ހާރޫން މަޝްހޫރުވީ ހިންދީ ފިލްމުތަކުގައި ހެއްވާ މަޖާ ރޯލުން ފެންނަ ޖޮނީ ލެވާގެ ރޯލްތަކުން ފެންނާތީއެވެ.

ފިލްމު ކުޅުމުގެ އިތުރުން ހާރޫން ވަނީ ދިގު މުއްދަތަކަށް ސަރުކާރުގެ އެކި އިދާރާތަކުގައި ވަޒީފާ އަދާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
14 މެއި 2019 | އަންގާރަ 04:20
ޢާސި
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ. ކުށެއް އިސްލާހް ކޮލަން.. ޖޮނީ ލިވާއެއްނޫން.. ޖޮނީ ވޯކަރު.. ޖޮނީ ލިވައަކީ މާފަހުގެ ކޮމެޑިއަންއެއް....