Advertisement
ކ. މާލެ
|
13 މެއި 2019 | ހޯމަ 20:59
އެމެރިކާގެ ސަފީރު އެލެއިނާ ޓެޕްލިޓްޒްއާ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު
އެމެރިކާގެ ސަފީރު އެލެއިނާ ޓެޕްލިޓްޒްއާ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު
ޓުއަރިސްމް މިނިސްޓްރީ
އެމެރިކާ ސަފީރު
އެމެރިކާގެ އިންވެސްޓްމެންޓްތައް ރާއްޖޭގައި އިތުރު ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފި
އެމެރިކާގެ މާކެޓުގައި ރާއްޖެ އިތުރަށް ޕްރޮމޯޓް ކުރުމާއި ބެހޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައި

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެމެރިކާގެ އިންވެސްޓްމެންޓްތައް އިތުރު ކުރުމާއި ބެހޭ ގޮތުން އެމެރިކާގެ ސަފީރު އެލެއިނާ ޓެޕްލިޓްޒްއާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ދެބޭފުޅުން މަޝްވަރާ ކޮށްފިއެވެ.

ހޯމަ ދުވަހު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމާއި ބެހޭ ގޮތުން ރާއްޖެއެމްވީ މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރު ފާތިމަތު ނިއުޝާ ވިދާޅުވީ، އެ ބައްދަލުވުމުގައި ދެ ބޭފުޅުން ދެމެދުގައި ގިނަ ކަންތައްތަކަކާއި ބެހޭ ގޮތުން މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެންމެ މުހިއްމު ކަމަކަށް މަޝްވަރާކުރެވުނީ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެމެރިކާގެ ހުރި އިންވެސްޓްމެންޓްތައް އިތުރު ކުރުމާއި ބެހޭގޮތުން ކަމަށެވެ. 

 

ނިއުޝާ ވިދާޅުވީ، އެމެރިކާގެ މާކެޓުގައި ރާއްޖެ އިތުރަށް ޕްރޮމޯޓް ކުރުމާއި ބެހޭ ގޮތުންނާއި، މިނިސްޓްރީގެ ސްޓާފުންނަށް ޓްރެއިނިން ޕްރޮގްރާމް ދިނުމާއި ބެހޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

 

އެމެރިކާ ސަފީރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެކަމަނާ ވަނީ ހޯމަ ދުވަހު ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިތުރުން ފޮރިން މިނިސްޓްރީގެ އިސްބޭފުޅުންނާއި ބައްދަލު ކުރައްވާފައެވެ.

ސަރުކާރުގެ ފަރާތުން އިންތިޒާމް ކުރި ރޯދަ ވީއްލުމެއްގައި ސަފީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް