Advertisement
ކ. މާލެ
|
13 މެއި 2019 | ހޯމަ 18:59
މީޑިއާ ކައުންސިލުން ޕީޖީއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
މީޑިއާ ކައުންސިލުން ޕީޖީއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
މޯލްޑިވްސް މީޑިއާ ކައުންސިލް
މީޑިއާ ކައުންސިލް
ނޫސްވެރިންނަށް ޖިނާއި ދައުވާ އުފުލޭ މާއްދާ އިސްލާހު ކުރަން ޕީޖީއާ މަޝްވަރާ ކޮށްފި
މީޑިއާ ކައުންސިލްގެ ގާނޫނުގެ 28 ވަނަ މާއްދާ އިސްލާހު ކުރުމާއި ބެހޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައި

ނޫސްވެރިންނަށް ޖިނާއި ދައުވާ އުފުލޭ މާއްދާ އިސްލާހުކުރަން މީޑިއާ ތަކުގެ ބެލެނިވެރިފަރާތް ކަމަށްވާ މޯލްޑިވްސް މީޑިއާ ކައުންސިލުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިސްބޭފުޅުންނާ ބައްދަލު ކޮށްފިއެވެ.

އެ ބައްދަލުވުމާއި ބެހޭ ގޮތުން ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ވިދާޅުވީ، މީޑިއާ ކައުންސިލްގެ ގާނޫނުގެ 28 ވަނަ މާއްދާއަށް އަމަލުކުރުމާއި ގުޅޭ ގޮތުން މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.

އެ ގާނޫނުގައިވާ ގޮތުން މީޑިއާ ކައުންސިލުން އަންގާ އެންގުމަކަށް ތަބާނުވެއްޖެނަމަ، ނުވަތަ ކައުންސިލްގެ  ގަދަރަށް އުނިކަމެއް ލިބޭ ގޮތަކަށް އަމަލުކޮށްފިނަމަ، އެފަދަ ފަރާތްތަކާމެދު އަޅަންޖެހޭ ގާނޫނީ ނުވަތަ ޝަރުއީ ފިޔަވަޅުއެޅުމަށްޓަކައި، އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

މީޑިއާ ކައުންސިލްގެ ރައީސް ވިދާޅުވީ، އެއްވެސް ނޫސްވެރިއަކަށް ޖިނާއި ދައުވާ އުފުލަން ބޭނުންނުވާ ކަމަށެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސް މަޖައްލާ އާއި އޮންލައިން މީޑިއާތަކުގެ އަދަދަކީ 108 އެކެވެ. އަދި ޓީވީ އާއި ރޭޑިއޯ ސްޓޭޝަން ހިމެނޭ ގޮތަށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ 37 ފަރާތަކަށް ދީފައިވެއެވެ.

އެތަންތަނާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމުގެ ހައްގު، ގާނޫނުން ދީފައި ވަނީ މީޑިއާ ކައުންސިލަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް