ކ. މާލެ
|
13 މެއި 2019 | ހޯމަ 20:31
ފިލިޕޭ ކުޓީނިއޯ
ފިލިޕޭ ކުޓީނިއޯ
ގެޓީ އިމޭޖަސް
ފިލިޕޭ ކުޓީނިއޯ
ބާސާއިން ކުޓީނިއޯ ޗެލްސީއަށް ވިއްކާލަނީ
 
ކުޓީނިއޯ ބޭނުންވަނީ ބާސާގައި މަޑުކުރަން

ބާސެލޯނާއިން އެ ކްލަބަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގާ ފިލިޕޭ ކުޓީނިއޯ ޗެލްސީއަށް ވިއްކާލަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ގޯލްޑޮޓްކޮމްއިން ބުނީ، ޗެލްސީއަށް ކުޅެމުން އަންނަ އެޑެން ހަޒާޑްގެ ރިޕްލޭސްމެންޓަކަށް ކުޓީނިއޯ ގެންނަން އެ ކްލަބުން ބޭނުންވާ ކަމަށާއި، ބާސާއިންވެސް ބޭނުންވަނީ ކުޓީނިއޯ ވިއްކާލަން ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ބާސާއިން ކުޓިނިއޯ ވިއްކާލަން ބޭނުންވާ ނަމަވެސް، ކުޓީނިއޯ ބާސާ ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ.

ނަމަވެސް ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ވިދާޅުވީ، ކުޓީނިއޯއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާއި، އޭނާގެ ހުނަރު ކުރިޔަށް އޮތް ތަނުގައި ވެސް ކްލަބަށް ބޭނުންވާނެ ކަމަށެވެ.

އެގޮތުން ބާޓޮމެއު ވިދާޅުވީ، ކުޓީނިއޯ ބާސާގައި މަޑުކުރާނެ ކަމަށާއި، އެއީ ޝައްކު ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެއްބަސްވުން ހަމަވަންދެން އޭނާ އެހެން ކްލަބަކަށް ބަދަލުނުވާނެ ކަމަށް ވެސް ބާޓޮމެއު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ކުޓީނިއޯ ބުނީ، މިއީ އޭނާ ބާސާގައި ހޭދަކުރާ ދެވަނަ ސީޒަން ކަމަށާއި، ތަށިތަކެއް ވެސް ކާމިޔާބު ކުރެވިފައިވާ ކަމަށެވެ. އަދި ވިސްނުން ހުރީ އިތުރު ކާމިޔާބީތައް ހޯދަން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ކުޓީނިއޯއާ އެކު ބާސާ އިން ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، އޭނާގެ ރިލީޒް ފީއެއްގެ ގޮތުގައި ބާސާ އިން ކަނޑައަޅާފައި ވަނީ 400 މިލިއަން ޔޫރޯއެވެ.

ލިވަޕޫލް އިން ވިދާލި ކުޓީނިއޯ ވަނީ އެ ކްލަބަށް ކުޅުނު 201 މެޗުގައި 54 ލަނޑު ކާމިޔާބު ކުރުމުގެ އިތުރުން އެ ކްލަބާ އެކު ފުޓްބޯލް ލީގް ކަޕް އަދި ޔޫރޮޕާ ލީގުގެ ދެވަނަ ހޯދާފައެވެ. އަދި ބާސާ އަށް މިހާތަނަށް ކުޅުނު ދެ ސީޒަނުގައި 74 މެޗުގައި 21 ލަނޑު ކާމިޔާބު ކޮށްފައިވާ ކުޓީނިއޯ ވަނީ އެ ކްލަބާ އެކު ލަލީގާ އާއި ސްޕެނިޝް ސުޕާކަޕް އަދި ކޮޕާޑެލްރޭ ވެސް ކާމިޔާބު ކޮށްފައެވެ.

ބްރެޒިލް ގައުމީ ޓީމަށް ކުޅުނު 47 މެޗުގައި 13 ލަނޑު ކާމިޔާބު ކޮށްފައިވާ ކުޓީނިއޯ ވަނީ ބްރެޒިލްގެ 17 އަހަރުން ދަށުގެ ޓީމާއެކު ސައުތް އެމެރިކަން ފުޓްބޯލް ޗެމްޕިއަންޝިޕް އަދި 20 އަހަރުން ދަށުގެ ޓީމާ އެކު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
0%
75%
0%
25%
0%
0%
ކޮމެންޓް
13 މެއި 2019 | ހޯމަ 16:01
rittey
head line ah baarudhey ehves vaahakaeh habaraku neyy. headline jahaabala Barca in coutinho nuvikkaane mihen
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ