Advertisement
ކ. މާލެ
|
13 މެއި 2019 | ހޯމަ 16:55
އެކްސިޑެންޓް ހިނގި ސަރަހައްދު
އެކްސިޑެންޓް ހިނގި ސަރަހައްދު
ޓްވިޓަރ
އެކްސިޑެންޓް
މާލޭގައި މިއަދު ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
އެކަކުގެ ފަޔަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައި

މާލޭގައި މިއަދު ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކަށް އަނިޔާވެއްޖެއެވެ. 

ފުލުހުން ބުނީ އަމީނީމަގު ފުރުގާން މިސްކިތް ކުރިމަތިން ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި މިއެކްސިޑެންޓުގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައިކަލު ދުއްވަން އިން އެކަކުގެ ފަޔަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. 

ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

މިއެކްސިޑެޓްވީ ސަރަހައްދުގެ ފޮޓޯތަކުން ފެންނަގޮތުން ގިނަ އަދަދެއްގެ ލޭ މަގުމައްޗަށް އެޅިފައި އެބަހުއްޓެވެ.

މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އާދިއްތަ ދުވަހު ވެސް ވަނީ މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކަށް ވަރަށް ބޮޑަށް އަނިޔާވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް މާލެއާ ހުޅުމާލޭގައި އެކްސިޑެންޓްތައް ހިނގުން މިވަނީ އިތުރުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް