Advertisement
ކ. މާލެ
|
13 މެއި 2019 | ހޯމަ 13:21
އީސީގެ މެމްބަރުން
އީސީގެ މެމްބަރުން
ފޭސްބުކް
އިލެކްޝަންސް ކަމިޝަން
ޕާޓީތަކުގެ މެމްބަރުންގެ އަދަދު އަންނަ ބުދަ ދުވަހު އާންމު ކުރަނީ
އެންމެ ފަހުން ޕާޓީތަކުގެ މެމްބަރުންގެ އަދަދު ހާމަ ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހު

ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދު އަންނަ ބުދަ ދުވަހު އާންމު ކުރާނެ ކަމަށް އިލެކްޝަންސް ކަމިޝަން (އީސީ) އިން ބުނެފިއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބަށްފަހު 19 ވަނަ މަޖިލިސް އިންތިހާބާއި ދިމާކޮށް ގިނަ ފަރާތްތަކަކުން ވަނީ ސިޔާސީ ޕާޓީތައް ރެޖިސްޓްރީ ކުރަން ހުށައަޅައި, މެމްބަރުންނަށް ވުމަށް ފޯމު ވެސް ހުށައަޅާފައެވެ.

އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ޕާޓީތަކުން އެ ކަމިޝަނަށް ލާފައިވާ ފޯމްތައް ވެރިފައި ކުރުމުގެ މަސައްކަތް އެ ކަމިޝަނުގެ މުވައްޒަފުން ކުރަމުންދާކަމަށެވެ. އަދި ބުދަ ދުވަހު ޕާޓީތަކުގެ މެމްބަރުންގެ ފައިނަލް އަދަދު އެނގޭނެ ކަމަށް ވިދާޅުވިއެވެ.

އީސީއިން އެންމެ ފަހުން ޕާޓީތަކުގެ މެމްބަރުންގެ އަދަދު ހާމަ ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫގުގައި ބުނާ ގޮތުން ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރު ކޮންމެ ހަމަހަކުން އެއްފަހަރު ކަމިޝަނުން ބަލައި ކަށަވަރުންކުރަންޖެހެއެވެ.

އީސީއިން ނިންމާފައި ވަނީ ފާއިތުވެދިޔަ އަހަރުގެ އޮޑިޓް ރިޕޮޓާއި އަހަރީ ރިޕޯޓް ހުށައެޅި ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް ފައިސާ ދޫކުރުމަށެވެ. އެހެން ނަމަވެސް އޭގެ ކުރިން ޕާޓީތަކުގެ މެމްބަރުންގެ އަދަދު ހާމަ ކުރާނެ ކަމަށް އީސީއިން ބުންޏެވެ.

މިއަހަރުގެ ބަޖެޓުގައި ސިޔާސީ ޕާޓީތަކަށް ދިނުމަށް 25.6 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ފާއިތުވެދިޔަ އަހަރުގެ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓް ހުށައެޅުމަށް އެންގުމުން އެ ރިޕޯޓް ހުށައަޅާފައިވަނީ އެންމެ ހަތަރު ޕާޓީއަކުންނެވެ. އެއީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިންނެވެ. އެ ހަތަރު ޕާޓީތަކަށް ވެސް ވަނީ 10،000 މީހުން ހަމަވެގެން  މިދިޔަ ފަހަރު ވަނީ ފައިސާ ދޫކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް