Advertisement
ކ. މާލެ
|
13 މެއި 2019 | ހޯމަ 13:10
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު
ރައީސް އޮފީސް
އަލީ ޒާހިރު
ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫއުތައް ބާރު ސްޕީޑްގައި، ވަރަށް އަވަހަށް ފެށިގެންދާނެ: އަލީ ޒާހިރު
މި ސަރުކާރުން ތަރައްޤީގެ ނަމުގައި އެއްވެސް ރޭވުންތެރިކަމެއް ނެތި، ގާ ފުރޮޅާ، ތަންތަން ސުންނާފަތިކޮށް ނުހަދާނެ
މަޝްރޫއުތައް ކުރިއަށްގެންދާނީ ވިސްނުންތެރިކަމާ އެކު އެތައް އަހަރަކަށް ޕްލޭން ކުރެވިގެން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތައް ދާދި އަވަހަށް، ބާރު ސްޕީޑްގައި ފެށިގެންދާނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ. 

މި ސަރުކާރުން، ތަރައްްޤީގެ އެއްވެސް މަޝްރޫއެއް ފަށައިގެން ކުރިއަށް ނުގެންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަށް ރައްދުދީ، އަދާލަތު ޕާޓީގެ ނައިބު ރައީސްކަން ވެސް ކުރައްވާ އަލީ ޒާހިރު ވިދާޅުވީ މި ސަރުކާރުން ތަރައްޤީގެ ނަމުގައި އެއްވެސް ރޭވުންތެރިކަމެއް ނެތި، ގާ ފުރޮޅާ، ތަންތަން ސުންނާފަތިކޮށް ނުހަދާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި މަޝްރޫއުތައް ކުރިއަށްގެންދާނީ ވިސްނުންތެރިކަމާ އެކު އެތައް އަހަރަކަށް ޕްލޭން ކުރެވިގެން ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ، އެގޮތަށް ކުރިއަށްގެންދާ ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫއުތައް ދާދި އަވަހަށް ބާރު ސްޕީޑްގައި ހިންގަން ފަށާ، މަންޒަރު ފެންނާނެ ކަމަށެވެ. 

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު ގިނަ ރަށްރަސުގެ ބަނދަރާއި، ފެނާއި، ނަަރުދަމާ ޤާއިމްކުރުމުގެ މަސައްކަތްތައް ވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އަދި ބިން ހިއްކުމުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނައިރު، އިތުރު ރަށްރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރިއަށްގެންދަމުންނެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ސަރުކާރުގައި އެންމެ އިސްކަމެއްދޭނީ ރައްޔިތުންނަށް އަސާސީ ހައްޤުތައް ކަށަވަރުކޮށްދިނުމަށް ކަމަށެވެ. 

އަލީ ޒާހިރު މިހެން ވިދާޅުވެފައިވާ އިރު މި ސަރުކާރު ބޮޑު މަޝްރޫއެއް ނުފަށާތީ އާއި އަދި ކުރީގެ ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫއުތައް އެކަށީގެންވާ ހަލުވި މިނެއްގައި ކުރިއަށް ނުދޭތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި ކަންކަން ހައްލުކުރަން އައި ސަރުކާރަކުން ރައްޔިތުން އުންމީދުކުރާ މިންވަރާ ގާތަށް ވެސް ކަންކަން އިސްލާހުނުކުރާތީ ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
13 މެއި 2019 | ހޯމަ 23:50
Ahmed
Mi sarukaarah kameh kureveynee Taxi thakaai alhaigai gothah ein nehtevigenenhnu