ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ގދ. ވާދޫން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރަމުންދަނިކޮށް އިންޖީނު ހުއްޓިގެން ހާލުގައި ޖެހުނު ޑިންގީއަކަށް ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.
ގދ. ފަރެސްމާތޮޑާ އާއި ގދ. ތިނަދޫއާ ދޭތެރޭ އޮންނަ އެ އަތޮޅު މާހުއްޓިގަލަ ކައިރިން ޑިންގީގެ އިންޖީނު ހުއްޓުމާ ގުޅިގެން އެމްއެންޑީއެފަށް އެކަން އަންގާފައިވަނީ އާދީއްތަ ދުވަހު 14:30 ގައި ކަމަށާއި، އިރުއޮއްސި 18:30 ހާއިރު ޑިންގީގައި ތިބި މީހުން ގދ. ތިނަދޫއަށް ގެންގޮސްދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.
އެމްއެންޑީއެފުން ބުނީ ޑިންގީގައި ދަތުރުކުރަމުން ދަނިކޮށް ހާލުގައި ޖެހިފައިވަނީ ހަތަރު އަންހެނުންނާއި ކުޑަކުއްޖެއްގެ އިތުރުން ކެޕްޓަނާއި ދެ ފަޅުވެރިން ކަމަށާއި ޑިންގީގައި ތިބީ ހުސް ދިވެހިން ކަމަށެވެ.
ޑިންގީގައި ދަތުރުކުރި އެންމެންގެ ހާލު ރަނގަޅު ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.