Advertisement
ކ. މާލެ
|
11 މެއި 2019 | ހޮނިހިރު 22:58
ސްވިމިންގް ޓްރެކް ތަރައްޤީ ކުރާގޮތުގެ ކުރެހުމެއް
ސްވިމިންގް ޓްރެކް ތަރައްޤީ ކުރާގޮތުގެ ކުރެހުމެއް
މުހައްމަދު ޝަރުހާން
މާލޭ ސްވިމިންގް ޓްރެކް
މާލޭ ސްވިމިންގް ޓްރެކް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ބީލަމަށް ހުޅުވާލައިފި
ޕްރޮޖެކްޓާއި ބެހޭގޮތުން މަޢުލޫމާތު ދިނުން މެއި މަހުގެ 14 ވާ އަންގާރަ ދުވަހު
ބީލަން ހުށަހެޅުން އޮންނާނީ މެއި މަހުގެ 23  ވާ ބުރާސްފަތި ދުވަހު

ސްވިމިންގ ޓްރެކު ސަރަހައްދުގައި ސިޑިބަރިއަކާއި އެކު ފާޚާނާއާއި ފެންވަރާނެ ވަސީލްތައް ހިމެނޭ ގޮތަށް އެ ސަރަހައްދު ތަރައްޤީ ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް މިނިސްޓަރ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

Advertisement

ހޮނިހިރު ދުވަހު މަހްލޫފް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މާލޭ އިރުދެކުނު ފަރާތުގައި ގާއިމްކޮށްފައިވާ ސްވިމިން ޓްރެކްގައި ސިޑިބަރިއަކާއި އެކު ފާޚާނާއާއި ފެންވަރާނެ ވަސީލްތައް ހިމެނޭގޮތަށް އިމާރާތެއް ހަދަން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަކަށް ބީލަމަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރެފައިވާ އިއުލާނެއްފައި ބުނެފައި ވަނީ މި މަސަތްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާން ކުރެވިފައިވާނެ ކަމަށާއި ޕްރޮޖެކްޓަށް ރަޖިސްޓްރީ ކުރުމާއި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ މެއި މަހުގެ 14 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި އެ އެސޯސިއޭޝަން ގެ އިދާރާގައި ކަމަށެވެ.

ޕްރޮޖެކްޓަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ނުވާއިރު ބީލަން ހުށަހެޅުން އޮންނާނީ މެއި މަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އެ އެސޯސިއޭޝަންގެ އިދާރާގައި ކަމަށް ވެސް އެ އެސޯސިއޭޝަނުގެ އިއުލާނުގައި ބުނެފައި ވެއެވެ.

އިތުރު މަޢުލޫމާތު އެ އިދާރާގެ އެޑްރެސް (ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، ޤައުމީ ފުޓްބޯޅަ ދަނޑު، ސަބްނަމް މަގު) އިންނާއި ފޯން ނަމްބަރު (7799339، 9947802) އިން ލިބޭނެ ކަމަށް ވެސް އިއުލާނުގައި ބުފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް