Advertisement
ކ. މާލެ
|
11 މެއި 2019 | ހޮނިހިރު 23:07
ވިލާ އެއާރއިން ހިންގާ ފްލައިމީ
ވިލާ އެއާރއިން ހިންގާ ފްލައިމީ
ގޫގުލް
ވިލާ އެއާ
ވިލާ އެއަރގެ މުވައްޒަފާ ގުޅޭ ގޮތުން ލޭބަރ ޕާޓީން ދެއްކި ވާހަކަތައް އެކުންފުނިން ކުށްވެރި ކޮށްފި
މުވައްޒަފު ވަކިކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ނިންމާފައިނުވޭ
އެއީ ހަގީގަތް އޮޅޭ ގޮތަށް ލިޔެފައިވާ ޚަބަރެއް

ވިލާ އެއަރގެ ސީނިއަރ މުވައްޒަފަކު ގަވާއިދާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ލޭބަރ ޕާޓީން ދެއްކި ވާހަކަތައް އެކުންފުނިން ކުށްވެރި ކޮށްފިއެވެ.

މިމަހުގެ 10 ވަނަ ދުވަހު ރާއްޖެ އެމްވީގައި ވިލާ އެއަރގެ ސީނިއަރ މުވައްޒަފަކު ގަވާއިދާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ލޭބަރ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކާ ހަވާލާދީ ލިޔެފައިވާ ޚަބަރާ ގުޅޭ ގޮތުން އެކުންފުނިން ނެރުނު ނޫސްބަޔާނުގައި ބުނީ ގަވާއިދާ އަދި އެއްބަސްވުމާއި ޚިލާފަށް ވިލާ އެއަރ އިން ސީނިއަރ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެއްވެސް އިދާރާ އަކުން މިހާތަނަށް ނިންމާފައި ނުވާ ކަމަށެވެ.

ވިލާ އެއަރއިން ބުނީ ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފަކު ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅުމަކީ އެމުވައްޒަފަކު ވަކިކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ނިންމުން ނޫން ކަމަށެވެ.

ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑަކީ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުންޏަކަށްވުމާއެކު މިޚިދުމަތުގައި މަސައްކަތް ކުރާ ކޮންމެ މުވައްޒަފެއްގެ ފަރާތުން ވެސް ރައްކާތެރި ފެންވަރު ރަނގަޅު ޚިދުމަތެއް ދަތުރުވެރިންނަށް ލިބި ދިނުމަކީ ވިލާ އެއަރ އިން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ. އަދި ޚިދުމަތާއި ގުޅޭ ކަންކަމުގައި މަދު ހާލަތެއްގައި މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަން ޖެހުނު ނަމަވެސް އެމުވައްޒަފަކު ދޫކޮށްލާފައިވަނީ ގާނޫނާ ގަވާއިދުތަކާ އަދި ވަޒީފާގެ އެއްބަސްވުމާއި އެއްގޮތްވާގޮތުގެ މަތިން އެންމެހާ އިޖުރާއަތްތަކެއް ފުރިހަމަ ކުރުމާއެކު އެމުވައްޒަފަކަށް ލިބިދޭ އެންމެހާ ހައްގުތަކެއް ކަށަވަރު ކުރުމަށް ފަހު ކަމަށް ވިލާ އެއަރއިން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް