ކ. މާލެ
|
11 މެއި 2019 | ހޮނިހިރު 22:25
ސްޓޫޑެންޓް އޮފް ދަ އިޔާ 2 ގެ ޕޯސްޓަރު
ސްޓޫޑެންޓް އޮފް ދަ އިޔާ 2 ގެ ޕޯސްޓަރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ސްޓޫޑެންޓް އޮފް ދަ އިޔާ 2 އަށް ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި 12 ކްރޯޑް!
މި ފިލްމު ވެގެން ގޮސްފައިވަނީ ޓައިގާ ކުޅެފައިވާ ފިލްމް ތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު އާމްދަނީ ލިބިގެންދިޔަ ފިލްމަށް

ޓައިގާ ޝްރޯފް އާއި ބޮލީވުޑަށް އަލަށް ތަޢާރަފް ވެގެންދާ ދެ ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އަދި ތާރާ ސުތެއިރިޔާ ލީޑް ރީލުން ފެނިގެންދާ ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔާ 2" ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރިލީޒް ކޮށްފައެވެ.

މި ފިލްމަށް ފިލްމް ރިލީޒް ކުރި ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 12.06 ކްރޯޑް ރުޕީސް އެވެ.

މި ފިލްމު ވެގެން ގޮސްފައިވަނީ ޓައިގާ ކުޅެފައިވާ ފިލްމް ތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރި ދުވަހު ދެވަނައަށް އެންމެ ބޮޑު އާމްދަނީ ލިބިގެންދިޔަ ފިލްމަށެވެ.

ޓައިގާ ކުޅެފައިވާ ފިލްމް ތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރި ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބިގެން ގޮސްފައިވަނީ 2018 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ބާގީ 2" އަށެވެ. މި ފިލްމަށް ފިލްމް ރިލީޒް ކުރި ދުވަހު ބޮކްސް އޮފީހުގައި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 25 ކްރޯޑް ރުޕީސް އެވެ.

"ސްޓޫޑެންޓް އޮފް ދަ އިޔާ 2" ވެގެން ގޮސްފައި ވަނީ މިއަހަރު ރިލީޒް ކުރި ފިލްމް ތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރި ދުވަހު ފަސް ވަނައަށް އެންމެ ބޮޑު އާމްދަނީ ލިބިގެން ދިޔަ ފިލްމަށެވެ.

މިއަހަރު ރިލީޒް ކުރި ފިލްމް ތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރި ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ފިލްމް ތަކަކީ "ގަލީ ބޯއީ"، "ކޭސަރި"، "ޓޯޓަލް ދަމާލް" އަދި "ކަލަންކް" އެވެ.

 

- ކޮމެންޓް