ކ. މާލެ
|
11 މެއި 2019 | ހޮނިހިރު 10:30
އަންޖަލް ކުރަހާފައިވާ \'\'އިބޫ އޯކޭ\'\' ތަސްވީރު
އަންޖަލް ކުރަހާފައިވާ ''އިބޫ އޯކޭ'' ތަސްވީރު
ޓްވިޓަރ
"އިބޫ އޯކޭ" ތަސްވީރު
''އިބޫ އޯކޭ'' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
އަންޖަލް ކުރެހި "އިބޫ އޯކޭ" ތަސްވީރު ވައިރަލްވެފައިވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ދުވަސްވަރު
މުލިއާގެ ބަލަން އައުމަށް އޭނާއަށް ދައުވަތު ދޭނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައި

ކުޑަކުއްޖެއް ކަމަށްވާ މަރިޔަމް އަންޖަލް ސިޖްނީން ކުރެހި "އިބޫ އޯކޭ" ތަސްވީރު ފްރޭމް ކުރުމަށް ފަހު މުލިއާގޭ ސިޓިންރޫމްގައި ހަރުކޮށްފިއެވެ.

އަންޖަލް ކުރެހި "އިބޫ އޯކޭ" ތަސްވީރު ވައިރަލްވެފައި ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ދުވަސްވަރެއެވެ. އަންޖަލް އެ ތަސްވީރު ކުރަހާފައި ވަނީ އޭނާގެ މަންމަ އަށް ސަޕްރައިޒެއް ދިނުމުގެ ގޮތުންނެވެ. އޭނާގެ މަންމަ އެ ފޮޓޯ ސޯޝަލް މީޑިޔާއަށް ލުމާ އެކު އެ ފޮޓޯ އޭރު ވަނީ ވައިރަލްވެގެން ގޮސްފައެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން ފެއްޓެވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީއަށް ވަޑައިގަތުމުން، އަންޖަލް ވަނީ އެ ފޮޓޯ ފްރޭމްކުރުމަށް ފަހު ރައީސް ސޯލިހަށް ހަދިޔާއަށް އަރުވާފައެވެ.

އަންޖަލްގެ އުފަންދުވަސް ކަމަށްވާ މެއި ހަތަރުވަނަ ދުވަހު ރައީސް ސޯލިހު ވަނީ އޭނާއަށް ފޯނުން ގުޅުއްވައި، އުފަންދުވަހުގެ ތަހްނިޔާ ދަންނަވާފައެވެ. އަދި އެ ފޮޓޯ މުލިއާގޭގެ ސިޓިންރޫމްގައި ފްރޭމް ކުރުމަށް ފަހު ހަރުކޮށްފައިވާ ކަމަށް އޭނާ ގާތު ރައީސް ސޯލިހު ވަނީ ދަންނަވާފައެވެ. އަންޖަލް އެންމެ ބޭނުންވާ ކަންތައް ކަމަށްވާ، މުލިއާގެ ބަލަން އައުމަށް އޭނާއަށް ދައުވަތު ދޭނެ ކަމަށް ރައީސް ސޯލިހު ވަނީ އޭނާ ގާތު ވިދާޅުވެފައެވެ. އަންޖަލް ރާއްޖެޓީވީއަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ އޭނާ އެންމެ ބޭނުންވަނީ " ޕްރެޒިޑެންޓް ޕެލެސް" ބަލާލަން ކަމަށެވެ.

އަންޖަލް ބުނެފައިވަނީ އޭނާ ރައީސް ސޯލިހު ދެކެ އެންމެ ލޯބިވަނީ، ކުޑަކުދިން އުރާ އަދި އެ ކުދިންނާ ސަލާންކުރާތީ ކަމަށެވެ.

 

- ކޮމެންޓް
16 މެއި 2019 | ބުރާސްފަތި 18:43
ލަލީތާ
ހާދަހާވާ ރީތި ކުރެހުމެކެވެ. ލޮލް
11 މެއި 2019 | ހޮނިހިރު 18:35
މޯޑު
އަނެއްކާ އަނެއް ބޮޑު ޕުރޮޖެކްޓު ނިންމާލީ ދެއްތޯ؟
11 މެއި 2019 | ހޮނިހިރު 08:28
Mohamed
Mee main bafain kuruvaa varah nurahkkatherikameh kudakudhin siyaaseekuruvaigen mulhi jeelu halaaku kuranee.mainbafain siyaaseevegen gos husveema dharinnahves mihenvaane geyga siyaaseenoon vaahakaeh nudhekkey siyaasee khabarunoonee nubeley kudakudhin dhibey thanthaaga siyaasee ehchehi balaa evaahakathah dhakkaa hedhumakee v nurahkkaatherikameh